ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޕީއެލްގެ ސީ ޓު އެއަރ ކާގޯ ޚިދުމަތުން 1,078 ޓަނުގެ މުދާ އުފުލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފޯރުކޮށްދޭ ސީ ޓު އެއަރ ކާގޯ ޚިދުމަތް ފެށުނު ފަހުން، މިހާތަނަށް 1,078 ޓަނަށްވުރެ ގިނަ މުދާ އުފުލާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހާމަކޮށްފިއެވެ.

2024 ވަނަ އަހަރު ފެށުނު މި ޚިދުމަތުން މިހާތަނަށް އުފުލާފައިވާ މުދަލުގެ ޖުމްލަ އަދަދަކީ 258 ޓީއީޔޫ (ޓްވެންޓީ ފޫޓް އިކުއިވެލެންޓް ޔުނިޓް) ކަމަށް އެމްޕީއެލް އިން ބުނެފައިވެއެވެ. މިއީ ކަނޑާއި ވައިގެ ދަތުރުފަތުރު އެއްކޮށްލައިގެން ދެވޭ ޚިދުމަތެއްގެ ގޮތުގައި ފެށުނު މި ޚިދުމަތުން ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެމްޕީއެލްއިން ފާހަގަކުރެއެވެ.

މި ޚިދުމަތުގެ ސަބަބުން ބައިނަލްއަޤްވާމީ ވިޔަފާރީގައި ރާއްޖޭގެ ދައުރު އިތުރުވެ، އިޤްތިޞާދީ ގޮތުން ވެސް ފައިދާތަކެއް ކުރަމުންދާކަމަށް އެމްޕީއެލްއިން ބުންޏެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާ ތަރައްޤީކޮށް، ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާ ކުރިއެރުވުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ކަމާ ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރާނެކަމަށް އެ ވުޒާރާއިން ބުންޏެވެ.

މި ޚިދުމަތުން ލިބެމުންދާ ކުރިއެރުމަކީ ރާއްޖޭގެ ބައިނަލްއަޤްވާމީ ވިޔަފާރީގެ ދާއިރާގައި އަޅުގަނޑުމެންގެ މަޤާމު ވަރުގަދަވަމުންދާކަމުގެ ހެއްކެކެވެ. ސީ ޓު އެއަރ ކާގޯ ޚިދުމަތަކީ ކަނޑު މަގުންނާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް އެއްކޮށްލައިގެން ދެވޭ ޚިދުމަތެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: