ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަޅުބިލަމަހުގެ ބާވަތްތައް ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރުމާގުޅޭ ގޮތުން މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމީ އެއާލައިން މޯލްޑިވިއަންގެ އެއާބަސް އޭ330 ގެ ދަތުރުތައް ޗައިނާއަށް ފެށުމާއެކު ކަޅުބިލަމަހުގެ ބާވަތްތައް ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓްކުރުމާގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑަގެ ވަސީލަތްތަކާ ބެހޭ ވުޒާރާގައި އޮތް މި ބައްދަލުވުމުގައި މިފްކޯއާއި މޯލްޑިވްސް ސްޓޭޓް ޝިޕިިން (އެމްއެސްއެސް) އަދި މޯލްޑިވިއަންގެ އިސްވެރިންނާއި ވަނީ ބައްދަލުކޮށްފައެވެ.

މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުން ޗައިނާއަށް ދަތުރުތައް ފަށާފައިވާއިރު ދިވެހި މަސްވެރިކަމުގެ ސިނާއަތަށް މިކަމުގެ ސަބަބުން ލިބެން ހުރި ފައިދާތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

މީގެއިތުރުން މޮފްކޯ، އެމްއެސްއެސް، މޯލްޑިވިއަން އަދި މި ސިނާއަތުގެ ސަޕްލަޔަރުންގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން ކަޅުބިލަމަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯތްކުރުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މޯލްޑިވިއަންއިން މިދިޔަ ޖެނުއަރީމަހު އަލަށް ގެނައި އެއާބަސް އޭ 330 މަރުކާގެ ބޯޓުން ޗައިނާއަށް ސީދާ ދަތުރުތައް ވަނީ ފަށާފައެވެ. މި ބޯޓުގައި 264 ފަސިންޖަރުންނަށް ދަތުރުކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: