ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީއިން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިިފި

ސައްޚަ ވިސާއެއް ނެތި ޤަވާއިދާ ޚިލާފަށް އުޅެމުންދިއަ 13 ބިދޭސީން ހައްޔަރުކުރުން. ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިދޭސީއިންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން ރިސޯޓްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ބިދޭސީއިންގެ މައްސަލަ ހައްލު ހޯދުމަށްޓަކައި ”އޮޕަރޭޝަން ކުރަނގި“ ގެ ނަމުގައި މިނިސްޓަރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން ކުރެވެމުންދާ މަސައްކަތެކެވެ.

މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި މިވަގުތު 13 ރިސޯޓެއްގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

މިި މަސައްކަތް ކުރާނީ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މިނިސްޓްރީގެ ފަރާތުން މި މަސައްކަތުގައި 56 މުވައްޒަފުން ބައިވެރިވެއެވެ.

އޮޕަރޭޝަން ކުރަނގި ޕްރޮގްރާމް މިހާރު ވަނީ ހުރިހާ ރަށެއްގައިވެސް އިފްތިތާހު ކޮށްފައެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ 59 ރަށެއްގައި އުޅޭ ބިދޭސީއިންގެ މައުލުމާތު މިހާރު ވަނީ އެއްކުރެވިފައިކަމަށް މިނިސްޓްރީއިން މީގެ ކުރިން މައުލޫމާތު ދިނެވެ. 52،000 އަށް ވުރެ ގިނަ ބިދޭސީންގެ ބަޔޯމެޓްރިކްސް ނަގާފައިވާކަމަށް މިނިސްޓްރީއިން މައުލޫމާތުދެއެވެ.

މިވަގުތު ރާއްޖޭގައި ދިރިއުޅެމުންދަނީ ކިހާ އަދަދެއްގެ ބިދޭސީއިންކަމެއްވެސް ކަށަވަރެއް ނުވެއެވެ.

މި އޮޕަރޭޝަންގެ ދަށުން ގަވާއިދާއި ހިލާފަށް އުޅެމުންދިޔަ 6،000 އަށްވުރެ ގިނަ ބިދޭސީއިން ވަނީ ޑީޕޯޓުކޮށްލާފައިކަންވެސް ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: