ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާއަކީ ”ދިރާގު ރަށު އެކްސްޕޯ“ ގެ އެންމެ ފަހު ދުވަސް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދި ޓްރެވަލް ގާއިޒް އިން އިންތިޒާމްކޮށްގެން ބާއްވާ ”ދިރާގު ރަށު އެކްސްޕޯ“ މިމަހުގެ 13 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.

މި އެކްސްޕޯގެ މަގުސަދަކީ، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް، ރަށު ކައުންސިލްތަކާ ގެސްޓްހައުސް ހިންގާ ފަރާތްތައް އެއް ތަނަކަށް ގެނެސްދީ، މައުލޫމާތާއި ތަޖުރިބާ ހިއްސާކުރެވޭނެ ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށްދިނުމެވެ. އަދި، އެކި ރަށްރަށުގެ ތަފާތު ރީތިކަމާއި ސަގާފަތަށް ސަމާލުކަން ގެނެސްދީ، އެ ކަންކަން ދައްކާލުމުގެ ފުރުސަތު ހޯދައިދީ، ޑޮމެސްޓިކް ޓޫރިޒަމް އިތުރަށް ފުޅާކުރުމަށް އެހީތެރިވެ ދިނުމެވެ.

މި ކަމާ ގުޅޭ ގޮތުން ދިރާގުގެ ޑިރެކްޓަރ، ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަންސް، މުޙައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިވެހިރާއްޖޭގައި ލޯކަލް ޓޫރިޒަމް ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ފުރަތަމަ އެކްސްޕޯގެ ޓައިޓަލް ޕާޓްނަރަށް ވުމަކީދިރާގުން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. މި އެކްސްޕޯގެ އެހީގައި، ލޯކަލް ޓޫރިޒަމް ޕްރޮމޯޓްކުރުމަށް އެހީތެރިވެދީ، ކުންފުންޏަށް ރާއްޖޭގެ ރީތިކަމާއި ސަގާފަތް ދައްކާލަން ފުރުސަތު ލިބި، ރަށްރަށުގައި ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތަކާ އާންމުންނާ ގުޅުވައިދެވިގެންދާނެ ކަމަށެވެ.

ދިރާގު ރަށު އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 13 އިން 15 ފެބުރުވަރީ 2025 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ދިރާގަކީ ލޯކަލް ޓޫރިޒަމް ހިންގާ ފަރާތްތައް ބާރުވެރިކުރުމަށް ހިންގާ ކަންކަމުގައި އަމަލީ ގޮތުން ބައިވެރިވެ، ޑޮމެސްޓިކް ޓޫރިޒަމް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: