ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބޭނުމަށް މަސައްކަތެއް ނުކުރޭ: އައިބީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބޭނުމަށް މަސައްކަތް ނުކުރާކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މެމްބަރު އެފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މެމްބަރު ވިދާޅުވީ، ސަރުކާރުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބޭނުމަށް މަސައްކަތް ނުކުރާ ކަމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ބައެއް ކަންކަން ކުރެއްވުމަކީ ސަރުކާރުން މީގެ ކުރިންވެސް ފާޅުކޮށްފައިވާ ވިސްނުމެއް ކަމަށެވެ.

މެމްބަރު ވިދާޅުވީ، ރާއްޖޭގެ ފަނޑިޔާރުގެއާ ގުޅޭގޮތުންވެސް ކަންބޮޑުވުންތައް އެބަހުރި ކަމަށާއި، ވަކި މައްސަލަތަކެއް އަވަސް ކުރެއްވުމަށް މަސައްކަތް ކުރައްވާއިރު، އެތައް މައްސަލައެއް ކޯޓުތަކުގައި ފުނިޖެހިފައި އެބަހުރި ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގައިވެސް ދުވަސްވީ ގިނަ މައްސަލަތައް އެބަހުރިކަމަށް މެމްބަރު ވިދާޅުވިއެވެ.

ފަނޑިޔާރުންވެސް ކަންކަން ރާއްޖޭގައި މި ކުރައްވަނީ އެހާ ރަނގަޅަކަށް ނޫން

މެމްބަރު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައިވެސް ޤާނޫނަށް ބަދަލުގެނެސް ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސްފައިވާ ކަމަށާއި، މިހާރުވެސް އެ ބަދަލުތައް ނުގެނެވެންވީ ސަބަބެއް ނެތް ކަމަށެވެ.

އިސްލާމް ދީނުގެ އަސްލަކާ ޚިލާފުނުވާގޮތަށް ކޮންމެ ބަދަލެއްވެސް ގެނެވޭނެ

މެމްބަރު ވިދާޅުވީ، ސުޕްރީމް ކޯޓުގައި މަރުތަޅު އެޅުވި މަސައްކަތް ހުއްޓޭ ހިސާބަށްދާނަމަ އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އަޅާނެ ކަމަށާއި، މަޖިލީހަށް އަންގަން ޖެހޭ އެންގުންތައްވެސް އެ ކޮމިޝަނުން އަންގާނެ ކަމަށެވެ.

މީގެ އިތުރުން، މިހާރު ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާޙަކީވެސް މަޖިލީހުން ރަނގަޅަށް ގެނެސްފައިވާ އިސްލާޙެއްކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ، މިހާރު ގެނެސްފައިމިވާ ބަދަލަކީ މެމްބަރުން ރިޝްވަތު ހިފައިގެން ޕާޓީ ބަދަލު ކުރުވުން ހުއްޓުވުމަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ. އަދި މިއީ ޒަމާންތަކެއްވަންދެން ދިވެހިންވެސް އެދެމުން ދިޔަ ކަމެއްކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

މިއީ ގޯސްކަމެއްތޯ، މިއީ ރައްޔިތުން ބޭނުންވެގެން ރެއާ ދުވާލު ދެއްކި ވާހަކަ، ރައްޔިތުން އިންތިޚާބު ކުރާ މެމްބަރުންނަކީ މާރުކޭޓުގައި މަސްވިއްކާހެން ވިއްކޭނެ ބައެއް ނޫން

މެމްބަރު ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަވެސް މެމްބަރުން ގަނެވިއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޑީޕީން ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތަކާއި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: