ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު މަސްޖިދުލް އައިޝާގެ ބިންގާ އަޅުއްވައިދެއްވައިފި

ބިންގާ އެޅުމުގެ ރަސްމިއްޔާތު: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު މަސްޖިދުލް އައިޝާގެ ބިންގާ އަޅުއްވައިދެއްވައިފިއެވެ.

މާލެ ސަރަހައްދުގައި އަލަށް އަޅަމުންދާ މަސްޖިދުލް އައިޝާއަކީ އަލްމަދީނާ އިންވެސްޓްމެންޓުން މެނޭޖުކުރާގޮތަށް ޝައިހު އިސްމާއިލު މުހައްމަދު އަމިިއްލަ ހަރަދުގައި އަޅުއްވައިދެއްވާ މިސްކިތެކެވެ. މިސްކިތުގެ އެތެރެއާއި ބޭރުގައި ގާތްގަނޑަކަށް 2000 ވަރަކަށް މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެއެވެ. މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރެވިފައި ހުންނާނެއިރު އެއަރކޯނު ކަރުކުރެވި ނަމާދު ގާއިމުކުރުމަށް ފަސޭހަވާނެ ފަދަ މާހައުލެއް ގާއިމުކުރެވިފައި ހުންނާނެއެވެ.

މަސްޖިދުލް އައިޝާގައި ލައިބްރަރީއެއްވެސް ހުންނާއިރު މުތާލިއާ ކުރަން ބޭނުންވާ މީހުންނާއި ދިރާސާކުރަން ބޭނުންވާ މީހުންނަށްވެސް އެ ފުރުސަތު ހުޅިވިގެންދާނެއެވެ. އަންހެނުންނަށް ހާއްސަކުރެވިފައިވާ ތަނެއްވެސް މިސްކިތުގައި ހުންނާނެއެވެ.

ރައީސްގެ އިތުރުން ގިނަ އަދަދެއްގެ ވަޒީރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އަދި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އަދި އެގްރިކަލްޗާ މިނިސްޓަރ ޑރ މަރިޔަމް މާރިޔާވެސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: