ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 58 މިލިއަން ރުފިޔާގެ ޑުރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ކޯސްޓްގާޑް (އައިސީޖޭ) އަދި ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަންގައި އަތުލައިގެންފައިވަނީ 30 ކިލޯގެ ހަޝިޝް އޮއިލްއެވެ. އެ ތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ޑޮލަރަށް އަރައެވެ. ދިވެހި ރުފިޔާއިން ބަލާނަމަ އެއީ ގާތްގަނޑަކަށް 58 މިލިއަން ރުފިޔާއެވެ.

އެ ޤައުމުގެ އަސްކަރިއްޔާއާ ޙަވާލާދީ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރަނިކޮށެވެ.

މިހާރު އެ އުޅަނދުގެ ފަޅުވެރިން ހައްޔަރުކޮށްފައިވާއިރު، އިތުރަށް ބަލައި ފާސްކުރުމަށް އެ އުޅަނދު ވަނީ ޓުޓިކޮރިން ބަނދަރުގައި ބާއްވާފައެވެ. އެ އުޅަނދުގައި 9 ފަޅުވެރިން ތިބިކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މަސްތުވާތަކެތި އުފުލީ ޝުވޭ ލިން ޔޯން ނަމަކަށް ކިޔާ ޓަގުބޯޓެއްގައެވެ.

މި މުޅި އޮޕަރޭޝަނަށް ގާތްގަނޑަކަށް 40 ގަޑިއިރު ހޭދަވިކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މީގެ ކުރިންވެސް މިފަދަ އޮޕަރޭޝަންތަކުގައި ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އެކި ފަހަރުމަތިން އަތުލައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 22%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 9%ވަރަށް ދެރަ 26%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: