ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލައަށް 3 މަސްވީއިރު އަދިވެސް އޭސީސީން ސުވާލެއްކޮށްނުލާ: މަހާޒް

ޤަޟާއީ އަހަރު 2022 އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގަ ފަނޑިޔާރު މަހާޒް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) މިހާތަނަށް ސުވާލެއްވެސް ކޮށްނުލާކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ވަކި ކުރެވުނު މަހާޒް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

މަހާޒް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ތުހުމަތު ކުރާ މައްސަލައަށް 3 މަސްދުވަހަށްވުރެ ގިނަ ދުވަސް ހޭދަވެފައިވާ ކަމަށާއި، އެހާ ދުވަސް ހޭދަވާއިރު އެންމެ ކުޑަމިނުން ސުވާލުކޮށް ނުލައި މައްސަލަ ބާއްވައިގެން ތިބުމަކީ ތަހުގީގު ކުރުމެއް ނޫންކަމަށެވެ.

މީގެ އިތުރުން، ގާނޫނުގައި ބުނާ ހިމާޔަތް އޭސީސީގެ މެމްބަރުންނަށް ލިބޭނީ ހެޔޮ ނިޔަތުގައި ގާނޫނާ އެއްގޮތަށް އަމަލުކޮށްގެންކަން ފާހަގަ ކުރައްވައި މަހާޒް ވިދާޅުވީ، އެހެން ނޫންނަމަ މެމްބަރުން އަމިއްލައަށް ފަރުދީ ގޮތުން ދައްކަންޖެހޭނެ އަގު މާބޮޑުވާނެ ކަމަށެވެ.

މީގެ އިތުރުން، އޮޔާއި ވައި ބަދަލުވާ ވަގުތާއި އެކަންކަމުން ނުކުންނަ ނަތީޖާ އެންމެނަށް ވެސް އެނގޭކަން މަހާޒްގެ ޕޯސްޓުގައި ފާހަގަ ކުރައްވާފައިވެއެވެ.

އޭސީސީން ބަލަމުންދާ އެއް މައްސަލައަކީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ޑރ އިސްމާއިލް ލަތީފް މައްސަލައެއްގެ ތުހުމަތުގައި ގެންދެވުމުން ފަނޑިޔާރު އަޒްމިރަލްދާއާއި ފަނޑިޔާރު މަހާޒް ކްރިމިނަލް ކޯޓުގެ ގާޒީންނަށް ގުޅުއްވައި މި މައްސަލައަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވިކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

އޭސީސީގެ ޖިނާއީ ތަހުގީގާއެކު ފަނޑިޔާރުން ސަސްޕެންޑްކޮށް، ޖޭއެސްސީންވެސް ސުލޫކީ މައްސަލަތަކެއްގެ ގޮތުގައި އެ މައްސަލަތައް ބަލައި މިހާރު ފަނޑިޔާރުން ވަނީ މަޤާމުންވެސް ވަކިކޮށްފައެވެ.

އެހެންނަމަވެސް އޭސީސީގެ ތަހުގީގަށް ގިނަ ދުވަސްތަކެއްވަމުންދާއިރު، މިހާތަނަށްވެސް ފަނޑިޔާރުންނާ ތަހުގީގާ ގުޅޭގޮތުން ސުވާލެއްކޮށްފައިނުވާތީ މީގެ ކުރިންވެސް އެ ފަނޑިޔާރުންގެ ވަކީލުން ވަނީ އެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: