ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުރައިދޫ މަރުކަޒަށް ވަންނަން ކުޑޫއަށް ފުރުސަތު ނުދިން މައްސަލަ ބަލައިގެނެ ކޮމިޓީއަށް!

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އަށް ފުރުސަތު ނުދިން މައްސަލަ އޭނާގެ ފަރާތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

އިދިކޮޅު އެމްޑީޕީގެ މެމްބަރު ކުޑޫ މި މައްސަލަ ހުށަހަޅުއްވާފައި ވަނީ، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް ވަނުމުގެ ހުއްދަ ހެލްތް މިނިސްޓްރީން ދީފައި ނުވާތީ އެކަން ބަލައިދިނުމަށް އެދިއެވެ.

ގުރައިދޫ މަރުކަޒަށް ނުވަދެވުނު މައްސަލަ ކުޑޫގެ ފަރާތުން އިމްތިޔާޒްގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅުމުން، ސަރުކާރުގެ މެމްބަރުން އެއަށް ތާއީދު ކުރި އެވެ. އަދި 63 މެމްބަރުންގެ ވޯޓާއި އެކު މައްސަލަ ބަލައިގަނެ ފޮނުވާފައި ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށެވެ.

ގުރައިދޫ މަރުކަޒު ބަލަހައްޓާ ހެލްތް މިނިސްޓްރީއަށް މިދިޔަ އޭޕްރިލް މަހު ސިޓީއެއް ފޮނުވައި ކުޑޫ އެދިފައި ވަނީ ތަނުގެ ހާލަތު ދެނެގަނެ ރިޕޯޓެއް ތައްޔާރު ކުރުމަށް ބޭނުންވާތީ އެކަމުގެ އެހީއަށެވެ. އެހެން ނަމަވެސް މަރުކަޒަށް ވަނުމުގެ ފުރުސަތު ފަހިކޮށްދީފައި ނުވާތީވެ، އެ މައްސަލަ ހުށަހަޅައި ކުޑޫ ވިދާޅުވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އޭނާ ހުށަހަޅުއްވާފައިވާ މައްސަލައަށް އެއްވެސް ޖަވާބެއް ނުދެއްވާކަމަށެވެ.

މައްސަލަ ބަލައިގަތުމަށް ތާއީދު ކުރައްވައި ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވީ ގުރައިދޫ މަރުކަޒަށް އެންމެ ބޮޑު އިހުމާލެއްވެ ގެއްލުންތައް ދިނީ އެމްޑީޕީގެ ސަރުކާރުންކަމަށެވެ. އެހެންކަމުން މިއީ ރަނގަޅަށް ބަލަން ޖެހޭ މައްސަލައެއްކަމަށް ގަބޫލު ކުރާތީ، އޭރު ހަދާފައި ހުރި ގޯސްތައް މެމްބަރަށް އެނގެން ޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މައްސަލަ ބަލައިގަތުމަށް ބޭނުންވަނީ، މިއީ ރައްޔިތުންނާއި ވެސް ގުޅުން ހުރިކަމަކަށް ވާތީކަމަށެވެ.

ފަލާހު ވިދާޅުވީ، އިދިކޮޅުން ވެސް ރައްޔިތުންނަށް ފައިދާ ހުރި ރަނގަޅު ބިލެއް ނުވަތަ ގަރާރެއް ހުށަހެޅުމުން އެއަށް ތާއީދު ކުރާނެކަމަށެވެ. ފަލާހު ވިދާޅުވީ މަޖިލީހުގެ ސުޕަ މެޖޯރިޓިއެއް އޮތީ ޕީއެންސީއަށް އޮވެ، އިދިކޮޅުގައި ތިބީ 12 މެމްބަރުންނަށް ވީތީ އޭގެ ނާޖައިޒް ފައިދާ ނަގާފައި ނުވާނެކަމަށެވެ.

ފަލާހު ވިދާޅުވީ މިއީ މީގެ ކުރީގައި މަޖިލީހުގެ ތަޅުމުން، އެމްޑީޕީގެ މެމްބަރުން އިދިކޮޅަށް މިފަދަ ފުރުސަތު ނުދޭކަމަށެވެ. އަދި 20 ވަނަ މަޖިލީހަކީ ތަފާތު ދައްކާ މަޖިލީހެއްކަމަށްވުމާއި އެކު، އެމްޑީޕީ ހުށަހަޅާ ރަނގަޅު މައްސަލަތަކަށް އެއްވެސް ހުރަހެއް ނާޅާނެކަމަށް ފަލާހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބަޔާންކުރާ ގޮތުގައި މަޖިލީހުގެ މެމްބަރަކު ސަރުކާރުގެ އޮފީހަކަށް ނުވަތަ ދައުލަތުގެ މުވައްސަސާއަކަށް ޒިޔާރަތްކޮށްފި ނަމަ އެތަނަކުން މެމްބަރަކު ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން ދޭންވާނެ އެވެ. އަދި އެ މެމްބަރަކު ވަކިކަމެއް ސާފުކޮށްދީ މައުލޫމާތަކަށް އެދިއްޖެ ނަމަ، ފަސޭހަކަމާއި އެކު އެ ތަފްސީލު ލިބޭނެ އިންތިޒާމެއް ހަމަޖައްސަންވާނެކަމަށް ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: