ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ އުސޫލުން އިދާރާތަށް ހިންގުމަށް ކައުންސިލަރުން މިސަރުކާރުން ވަރަށް ބޮޑަށް ހިފަހައްޓާ: ނާޒިލް

އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުރު ފެށުމާއެކު ލާމަރުކަޒީ އުސޫލުން އިދާރާތައް ހިންގުމަށް ކައުންސިލަރުންނަށް މިސަރުކާރުން ވަރަށް ބޮޑަށް ހިފަހައްޓާކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުޙައްމަދު ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިލް ވިދާޅުވީ، ބަޖެޓުގައި ކަނޑައެޅިފައިވާ ބިލިއަން ރުފިޔާތައް ކައުންސިލަރުން ހުސްނުކުރާތީ މިސަރުކާރުން ކަންބޮޑުވާ ކަމަށެވެ. އަދި ”މައްސަލައަކީ މިސަރުކާރަށް އެ ފައިސާގައި އަތްނުލެވޭތީ“ ކަމަށް ނާޒިލް ތުހުމަތުކުރެއްވިއެވެ.

ނާޒިލް ވިދާޅުވި ގޮތުގައި މިސަރުކާރުން ކޮންމެ ޢީދަކާ ދިމާކޮށް 80 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށާއި، ކައުންސިލްތައް ހިންގުންތޯ ނުވަތަ ބޮކި ފަތި ދިއްލުންތޯ މުހިންމީ ސުވާލު އުފެދޭ ކަމަށެވެ. އަދި އަތޮޅު ކައުންސިލްތަކުގައި ފަންނީ ބޭފުޅުން ތިއްބެވި ނަމަވެސް، މާލޭ ސިޓީ ކައުންސިލް ފިޔަވައި އެހެން ކައުންސިލްތަކުގައި އެ ފަރާތްތަކަށް ފުރުސަތު ނުލިބޭކަންވެސް ފާހަގަކުރެއްވިއެވެ.

ކައުންސިލްތަކުގެ ޤާބިލްކަން އިތުރުކުރަންޖެހޭ

ކޮންމެ ރަށެއްގައިވެސް ހުރި މައްސަލަތައް އެ ރަށަކުން އަންނަނީ އަތޮޅު ކައުންސިލަށް ކަމަށް ފާހަގަކުރައްވައި، އަތޮޅު ކައުންސިލްގައި ކުދިކުދި ކަންކަން ހައްލުކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނަންޖެހޭނެ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި އިދާރީ ދާއިރާގެ ލާމަރުކަޒީ އިދާރާގެ ކަންކަން ދަނީ ފަހަތަށް ކަމަށާއި، މިކަން ހުއްޓުވުމަށް ރައްޔިތުން ނިކުންނަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުން ބޭއްވިފައިވަނީ ކައުންސިލް މެންބަރުންގެ އަދަދު މަދުކޮށް، ލާމަރުކަޒީ ނިޒާމަށް ގެންނާނެ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ޤަރާރެއް ހުށަހެޅިފައިވަނިކޮށެވެ. މި ޤަރާރު މަޖިލީހުން ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: