ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާ ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް ވިދާޅުވި ގޮތުގައި، މި މިސްކިތް ބިނާކުރެވޭނީ މިހާރު ވިލިމާލޭގައި ހުރި މަސްޖިދުއްސަލާމް މިސްކިތް ހުރި ސަރަހައްދުގައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހެޔޮއެދޭ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި، މި މަޝްރޫޢު ދެ އަހަރު ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ.

”މި މިސްކިތަކީ ހަމައެކަނި ނަމާދުކުރުމަށް ބޭނުންކުރެވޭ ތަނެއްގެ ގޮތުގައި ނޫން ގޮތަކަށް ފަރުމާކުރެވިގެންދާނެ މިސްކިތެކެވެ. މީގެ ތެރޭގައި ޤުރުއާން ކިޔަވައިދިނުމާއި އިސްލާމީ ޢިލްމު އުނގަންނައިދިނުމަށް ބޭނުންކުރެވޭނެ ކްލާސްރޫމްތައް ވެސް ހިމެނޭނެ،“ މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން، މިހާރު ހުރި މަސްޖިދުއްސަލާމް މިސްކިތް ތަޅާލެވި، އަދި އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މަޝްރޫޢަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށާއި، މިސްކިތުގެ ޚިދުމަތް ލިބުމުގެ އިތުރުން ދީނީ ތަޢުލީމު ފެތުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: