ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޓެހިންނާއި ކްލާސް މޭޓުން ސަރުކާރުގެ އިސް މަޤާމުތަކަށް އައްޔަނުކޮށްގެން ސަރުކާރެއް ނުހިންގޭނެ: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައުލަތުގެ ވަޒީރުންގެ އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ޒިޔާދު މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ޒިޔާދު ވިދާޅުވީ މަޖިލީހުގެ މެމްބަރުން ބޭނުންވާ މައުލޫމާތާއި، ތަފްސީލުތައް ވަޒީރުންނަށް ފޯރުކޮށް ނުދެވޭކަމަށެވެ. އަދި ސަރުކާރުގައި ގިނައިން ތިއްބެވީ އެއްވެސް ނަތީޖާއެއް ނުނެރެވޭ ވަޒީރުންކަމަށް ޒިޔާދު ވިދާޅުވި އެވެ.

ސަރުކާރުގެ ގިނަ ވުޒާރާތަކުގައި އެއްވެސް މަސައްކަތެއް ނުހިނގާކަމަށް ތުހުމަތު ކުރައްވައި ޒިޔާދު ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ވެސް ފަހަކަށް އައިސް ހެނދުނުގެ ދަންފަޅިއަށް ފަހު ނިންމާލާކަމަށެވެ. އަދި މަޖިލީހުގެ ތެރެއިން ކުރަން ހުރި މަސައްކަތައް ގިނަކަމަށާއި، ގިނަ ބިލުތައް ފޮނުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާއިރު ބަންޑާރަ ނައިބު ކޮބައިތޯ ޒިޔާދު ސުވާލު އުފެއްދެވިއެވެ.

މީގެއިތުރުން ހައުސިން މިނިސްޓަރުކަމުގައި ހުންނަވަނިކޮށް، ހަޔަރ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް ބަދަލު ކުރި ޑރ. އަލީ ހައިދަރު ވެސް އުޅުއްވީ މަސްއޫލިއްޔަތު އަދާނުކޮށް އެއްވެސް ނަތީޖާއެއް ނުނެރެވިކަމަށް ޒިޔާދު ވިދާޅުވި އެވެ. އަދި އެތައް ބައެއްގެ ހައްގު ނިގުޅައިގަނެވޭ ގޮތަށް ނިންމުންތައް އައިސް، ރައްޔިތުން ތަކުރާރުކޮށް ކުރަމުން ދިޔަ އެއްވެސް ސުވާލަކަށް ވަޒީރަށް ޖަވާބުދެވިފައި ނުވާކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ ހައިދަރަށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ނުވުމުން، ދެން ބަދަލު ކުރި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ދަރިވަރުން ފޮނުވާ މެއިލްތަކަށް އެއްވެސް ޖަވާބެއް ނުދެއްވޭކަމަށެވެ. އަދި ވިދާޅުވީ ބޭރުގައި ކިޔަވާ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައިދަރުގެ އެއްވެސް ފަރުވާލެއް ހުރިހެން ހީ ނުވާކަމަށެވެ.

ޒިޔާދު ވިދާޅުވީ ދަރިވަރުންގެ ކަންކަމަށް ވެސް އެޓެންޑު ކުރައްވަން މިއަދު ޖެހިފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ޒިޔާދު ވަނީ އެހެން ބައެއް މިނިސްޓްރީތައް ވެސް ފާހަގަކޮށް، މަސައްކަތެއް ނުކުރާކަމަށް ބުނެ ފާޑުވިދާޅުވެފަ އެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާއި ގުޅޭގޮތުން ވިދާޅުވީ ދައުލަތުގެ ހަރަދާއި، އާމްދަނީއަށް ވާނުވާ މިނިސްޓަރަށް އެނގިވަޑައިނުގަންނަވާކަމަށެވެ.

މިއީ މިއަދުގެ ހަގީގަތްކަމަށާއި ވަޒީރުންނަށް ނަތީޖާއެއް ނުނެރެވޭތީ މަޖިލީހުގެ މެމްބަރުން އުޅުއްވަނީ އެ ހަޑިތައް ސާފުކުރުމުގައިކަމަށް ޒިޔާދު ވިދަޅުވި އެވެ. އަދި ވެރިކަމުގެ ދައުރު ނިމިގެންދާނީ ވެސް ހަމަ އެފަދަ ހާލަތެއްގެ ތެރޭގައިކަމަށް މެމްބަރު ވަނީ ވިދާޅުވެފަ އެވެ.

ޒިޔާދު ވަނީ މަސްއޫލިއްތު އަދާނުކުރެވޭ ވަޒީރުން މަގާމުން ވަކި ކުރުމަށް ގޮވާލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: