ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޭޕަލްއަށް ޑިމާންޑު އޮތްކަން އެނގޭ، ހިދުމަތް ނުގެނެވިގެން އުޅެނީ ފީސިބިލިޓީ އެސެސްމެންޓެއްގެ ސަބަބުން: އެމްއެމްއޭ

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފުވުމަށް ގިނަ ބަޔަކު ބޭނުންވެ، އެކަމަށް އެދެމުންދާކަމަށާއި އެހެން ނަމަވެސް މިހާތަނަށް ޕޭޕަލް ތަންފީޒުވެފައި ނުވަނީ ރާއްޖޭގައި މި ހިދުމަތް ފުޅާ ކުރުމާއި ގުޅޭގޮތުން އެ ކުންފުނިން ކުރިއަށް ގެންދިޔަ ފީސިބިލިޓީ އެސެސްމެންޓުތަކަށްފަހު ނިންމި ވިޔަފާރީގެ ނިންމުމެއްގެ ސަބަބުންކަމަށް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) ބުނެފި އެވެ.

މިއީ ދިވެހިރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތަކަށް އޮންލައިން ޕޭމަންޓް ސިސްޓަމްތައް ބޭނުން ކުރެވޭ ގޮތަށް ކަންކަން ބައްޓަންކޮށްދިނުމަށް އެދި 2025 އޭޕްރިލް 15 ގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް ހުށަހަޅުއްވާފައިވާ މައްސަލައެވެ. އެގޮތުން މާލިއްޔަތު ކޮމިޓިން އެމްއެމްއޭ މެދުވެރިކޮށް ސާފު ކުރި މައުލޫމާތުތައް، މަޖިލީހުގެ އިދާރާއަށް ލިބިފައިވާތީ އެ ލިޔެކިއުންތައް ވަނީ މެމްބަރަށް ހިއްސާކޮށްފަ އެވެ.

އެމްއެމްއޭގެ ސިޓީގައި ވަނީ ރާއްޖޭގައި ޒަމާނީ ޕޭމަންޓް ހިދުމަތް ތައާރަފު ކުރެވި ގައުމީ ޕޭމަންޓް ސިސްޓަމެއް ގެނެސްފައި ވަނީ އެންމެ ރައްކާތެރިކަމާއި އެކު އައު އީޖާދީ ހިދުމަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކަމަށެވެ. އަދި މި ގާނޫނާއި ގަވައިދުގެ ބޭނުމަކީ ޕޭމަންޓް ހިދުމަތް ދޭ ފަރާތްތަކުން ފޯރުކޮށްދޭން، ގަސްތުކުރާ ހިދުމަތްތަކަށް ބެލުމަށް ފަހު އެކަމާއި ގުޅޭ ލައިސެންސް ދޫކުރުމުގެ ގާނޫނީ އޮނިގަނޑު އެކުލަވާލުން ކަމަށެވެ.

ސިޓީގައި ބުނެފައި ވަނީ ޕޭމަންޓް ޕްލެޓްފޯމްތައް ނުވަތަ ޑިޖިޓަލް އިލެކްޓްރޯނޮކް ވޮލެޓެއްގެ ހިދުމަތްތަކަކީ ގާނޫނާއި ގަވައިދުގެ ދަށުން ލައިސަންސް ދޫކުރެވިފައިވާ ބޭންކެއް ނުވަތަ ބޭންކު ނޫން ޕޭމަންޓު ހިދުމަތް ދޭ ފަރާތްތަކާއި ގުޅިގެން ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދޭ ހިދުމަތްތައް ކަމަށެވެ.

އެގޮތުން ގާނޫނާއި ގަވައިދުގެ އެއްގޮތްވާގޮތުގެ މަތީން އެމްއެމްއޭ ދޭ ލައިސެންސެއް ނުވަތަ ހުއްދައަކާއި އެކު ޑިޖިޓަލް ވޮލެޓު ނުވަތަ ޕޭމަންޓް ޕްލެޓްފޯމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދިނުމާއި ލިބިގަތުމުގައި އެއްވެސް ހުރަހެއް ނެތްކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ ސިޓީގައި ބުނެފައި ވަނީ އާންމުންގެ ފަރާތްތަކުން އެމްއެމްއޭއަށް ލިބެމުން ދިޔަ ސުވާލުތަކާއި އެކު އެ ހިދުމަތަށް އެކަށީގެންވާ ޑިމާންޑެއް އޮތްކަމަށް ގަބޫލު ކުރެވޭކަމަށެވެ. އެހެންވެ ޕޭޕަލްގެ ސަރަހައްދީ އޮފީހާއި އެކު 2020 ގައި މަޝްވަރާ ފެށިއިރު 2021 އާއި ހަމައަށް ކުރެވުނު މަޝްވަރާގައި އެކަން ކުރެވިފައި ނުވަނީ ގާނޫނީ ހުރަސްތަކަށް ވުރެ ބޮޑަށް އިސްތިރާޖީ ނިންމުމަކާއި ގުޅިގެންކަމަށް ވަނީ ބުނެފައެވެ.

އެމްއެމްއޭ ބުނި ގޮތުގައި މިއީ އާ ގައުމެއްގައި އެ ފަރާތަކުން ހިދުމަތް ފެށުމަށް ނުވަތަ ފުޅާކުރުމުގައި އަމަލު ކުރާ އާންމު އުސޫލުގެ ދަށުން ފީސިބިލިޓީ އެސެސްމަންޓެއް ހަދައި އެއާއި ގުޅިގެން އެފަދަ ކުންފުނިތަކުން ނިންމާފައިވާ ނިންމުންތަކެވެ.

ސިޓީގައި އިތުރަށް ބުނެފައި ވަނީ ޕޭޕަލް ފެށުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސް ނެގުމަށް ވެސް މަސައްކަތްތައް ކުރިޔަށްދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: