ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ފުރުސަތު އެބައޮތް، ޕާޓީގެ މަސައްކަތް އެކުގައި ބާރަށް ކުރިޔަށް ދާނެ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު— ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެމްޑީޕީގެ ތެރޭގައި ފުރުސަތު އެބައޮތްކަމަށާއި އެމަނިކުފާނާއި އެކު ޕާޓީގެ މަސައްކަތްތައް ކުރިޔަށް ދާނެކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާއި އެކު ރައީސް ނަޝީދު އޭރު މަސައްކަތް ކުރެއްވީ ދެވަނަ ދައުރެއް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި މަސައްކަތާއި ދެކޮޅަށެވެ. އަދި އެމަނިކުފާނުގެ ޒާތީ ދިރިއުޅުމާއި ގުޅުވައި ބޮޑެތި ފާޑުކިއުން އަމާޒުކޮށް ތުހުމަތުތައް ވެސް ކުރެއްވި އެވެ.

އެމްޑީޕީގެ ރައީސްކަމުގައި ހުންނަވައި، ޕާޓީން ވަކިވެވަޑައިގެންނެވި ތާ ދެ އަހަރު ފަހުން ރައީސް ނަޝީދު ވަނީ ޕާޓީއާއި އަލުން ގުޅިވަޑައިގަތުމަށް ނިންމާފަ އެވެ. ރައީސް ނަޝީދާއި އެކު ޑިމޮކްރެޓްސް އުފެއްދި މެމްބަރުން އެމްޑީޕީއަށް ސޮއި ކުރާނެކަމަށް ބަލެވެނީ ޕާޓީގެ އަހަރީ ދުވަހު އެވެ.

ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް، އެމްޑީޕީން ވަނީ އެކަމަށް މަޝްވަރާ ކުރުމަށް މިރޭ ގައުމީ މަޖިލިސް ބައްދަލުވުމެއް ބާއްވާފަ އެވެ. އަދި ނިންމާފައި ވަނީ ޕާޓީއަށް ގުޅުމަށް ބޭނުންވާ ބޭފުޅުންނަށް އެ ފުރުސަތު ދިނުމަށެވެ.

ގައުމީ މަޖިލިސް ބައްދަލުވުމަށް ފަހު ރައީސް ނަޝީދާއި އެހެން މެމްބަރުންނަށް މަރުހަބާ ކިޔައި އާންމު ކުރި ބަޔާނެއްގައި އެމްޑީޕީ ބުނެފައި ވަނީ، އެ ޕާޓީއަކީ ގައުމަށްޓަކައި ހަގީގީ މަސައްކަތް ކުރުމަށް ބޭޏުންވާ ކޮންމެ ބަޔަކަށް އޮތް ޕްލެޓްފޯމެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނީ ރައީސް ނަޝީދާއި އަލަށް ގުޅޭ އެހެން މެމްބަރުންނާއި އެކު ޕާޓީގެ މަސައްކަތްތައް ދެން ބާރަށް ކުރިޔަށް ދާނެކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުގެ އަމަލުތައް ފާލުން ބެއްޓި އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދި ޑިމޮކްރަސީ ނުރައްކަލެއްގެ ތެރޭގައި އޮތް މި ދަނޑިވަޅަކީ މުހިންމު އިސްލާހީ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތެއް ކަމަށެވެ. އަދި ޕާޓީއާއި ގުޅޭ ކޮންމެ މެމްބަރަކީ ވެސް ގައުމުގެ ހައްގުގައި ވަކާލާތު ކުރުމަށް ފަސް ނުޖެހޭނެ މެމްބަރުންކަމަށް ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެމްޑީޕީން ބުނީ ސަރުކާރު ޖަވާބުދާރީ ކުރުވައި، ގާނޫނުއަސާސީން ޔަގީންކޮށްދޭ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ޕާޓީ އަބަދުވެސް ދެމި އޮންނާނެކަމަށެވެ.

ޕާޓީއަށް ރިޔާސީ އިންތިހާބާއި އެކު މަޖިލީހުގައި ލިބުނު ބޮޑު ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ މެމްބަރުންގެ ނަޒަރުގައި ރައީސް ނަޝީދެވެ. ރައީސް ނަޝީދާއި އެކު މަސައްކަތް ކުރެއްވި ބައެއް މެމްބަރުން އެމްޑީޕީއާއި އަލުން އެނބުރި ގުޅިވަޑައިގެންފައިވާއިރު، އެކަމާ ޕާޓީގެ ބައެއް މެމްބަރުން ސުވާލު އުފައްދަ އެވެ. އަދި އެމްޑީޕީގެ އެތެރޭގައި ރިޔާސީ ޕްރައިމެރީގެ ވާދަވެރިކަން އުފެދިފައި ވަނިކޮށް އެމްޑީޕީއާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް ވިދާޅުވި އެވެ.

ދާދިފަހުން ރައީސް ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ހާމަކުރައްވާފަ އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: