”ހާލު ކިހިނެއް؟“ ޕްރޮގުރާމް އައްޑޫ ސިޓީގެ ހިތަދޫގައި ކުރިއަށް ގެންގޮސްފިއެވެ.
ހާލު ކިހިނެއް؟ ޕްރޮގުރާމަކީ ކޮބާ؟
މި ޕްރޮގުރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅުގެ ދަށުން، ރާއްޖޭގައި މީހުން ދިިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، އެ ގޭބީސީގައި ދިރިއުޅޭ މީހުންގެ ހާލަތު ބަލައި، ދެނެގަނެ، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް، އެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.
މި ޕްރޮގުރާމު ކުރިއަށް ގެންދިޔުމުގައި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކުގެ އިތުރުން އަންހެހުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައިވެރިވުން ހިމެނެއެވެ.
ޕްރޮގުރާމުގެ މިހާރުގެ ހާލަތު
މި ޕްރޮގުރާމަކީ ތާވަލުކުރެވިގން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގުރާމަކަށްވާއިރު، މި ޕްރޮގުރާމުގެ ދެވަނަ ފިޔަވަހި ފަށައި، އައްޑޫ ސިޓީގެ ހިތަދޫގެ ގޭބީސީތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތައް ވަނީ ދެނެގަނެވިފައިކަމަށް މިނިސްޓްރީ އޮފް ފެމިލީ ޑިވެލޮޕްމަންޓުން ވަނީ ހާމަކޮށްފައެވެ. އަދި ޒިޔާރަތްކުރި ގޭބީސީތަކުގެ ތެރެއިން ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތައް މެޕްކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މީގެއިތުރުން، ހާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަހަށް އެހީތެރިކަން ހޯއްދެއްވުމަށް މިނިސްޓްރީ އޮފް ފެމިލީ ޑިވެލޮޕްމަންޓުގެ ކޯލް ސެންޓަރުގެ ނަންބަރު 1443އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރެވޭނެކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޕްރޮގުރާމުގެ ހޯދުންތައް
މި ޕްރޮގުރާމުން އެއްކުރެވޭ މައުލޫމާތުން ވަޒީފާ ހޯދުމުގެ ފުރުސަތުތައް ހަނިކަން ފާހަގަކުރެވޭކަމަށް މިނިސްޓްރީ ހާމަކޮށްފައިވެއެވެ. އަދި އެކަނިވެރިމައިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން މުސްކުޅިންނަށް ކުރިމަތިވެފައިވާ ތަފާތު އެކި ގޮންޖެހުންތައް ވަނީ ހޯދިފައިކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
ޕްރޮގުރާމުގެ އަމާޒު
މި ޕްރޮގުރާމުން ހާސިލުކުރަން ބޭނުންވާ އަމާޒަކީ، ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ގޭބީސީތަކަށް ޒިޔާރަތްކޮށް، އެ ގޭބީސީތަކުން ދައުލަތުގެ ހާއްސަ އެހީއާއި ސަމާލު ބޭނުންާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުންކަމަށް މިނިސްޓްރީ އޮފް ފެމިލީ ޑިވެލޮޕްމަންޓުން ވަނީ ހާމަކޮށްފައެވެ.
މި

