ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމު މިހާރު މިދާ މިސްރާބުން ސިޔާސީ އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ: ފައްޔާޒް

އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމު މިހާރު މިދާ މިސްރާބުން ސިޔާސީ އެންމެން ނިކުމެ އެކުގައި މަސައްކަތް ކުރަން ޖެހޭކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ޕާޓީގެ އެތެރޭގެ މައްސަލައަށްވުރެ މިހާރު އެންމެންވެސް މަސަތްކަތްކުރަންވީ ޤައުމު ސަލާމަތްކުރަން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ޤައުމު މިދާ މިސްރާބާއި މެދު ޑިމޮކްރެޓްސްގެ ވެސް ކަންބޮޑުވުން ހުރިކަމަށެވެ. މިގޮތުން މީގެ އަށެއްކަމަސް ކުރިންވެސް މިކަމާއި ޑިމޮކްރެޓްސްއާއި ވާހަކަ ދެކެވުނުކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި މިކަމުގައި އޮތް ޙައްލަކީ ދެ ޕާޓީ އެކުގައި މަސައްކަތްކުރުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީއަށް ގެންލުންދިން ބަޔަކު އަލުން އަނބުރާ އެޕާޓީއާއި ގުޅުމަކީ ރަނގަޅުކަމެއްނޫންކަމަށް ޕާޓީގެ މެމްބަރުން ބުނަމުންދާކަމަށާއި އެބޭފުޅުން މަޢާފަށްވެސް އެދިވަޑައިގެންފައިނުވާކަމަށް މެމްބަރުން ބުނަމުންދާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އެހެނަސް މަޢާފަށް އެދުމާއި ނުއެދުމަކީ އެބައެއްގެ އަމިއްލަ ކަމެއް ކަމަށާއި މިކަމާއިހެދި ޕާޓީ ތެރޭގެ މަސަތްކަތްތަކަށް ހުރަސް އެޅިގެން ނުވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި އޭރު އެބޭފުޅުން ޕާޓީއިން ވަކިވެގެން ދިޔައީ ޒާތީ ތައައްސުބެއްގެ ތެރެއިންކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މިވަގުތު މަސަތްކަތްކުރަންވީ ޤައުމާއިމެދު ވިސްނާ ޕާޓީއާއި ގުޅުނު މެމްބަރުންނަށް މަރުޙަބާކިޔާ ޤައުމާދޭތެރޭ ވިސްނާ އެކުގައި މަސައްކަތް ކުރުމަށް ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. އަދި ހުރި ނުތަނަވަސްކަމަކާއި ހިތްހަމަ ނުޖެހުމެއް މިވަގުތަށް އެއްކިބާކޮށް ޤައުމާއި ޕާޓީއަށްޓަކާއި މަސައްކަތްކުރުމަށް ފައްޔާޒު އެދިވަޑައިގަތެވެ.

މިގޮތުން 2023 ގައި އެޕާޓީއާއި ވަކިވިގެންދިޔަ ބޭފުޅުން އެނބުރި ޕާޓީއާއި ގުޅިވަޑައިގަތުމުން އެބޭފުޅުން އޭރުއެ އަމަލުކުރިގޮތަށްވެރު ބޮޑަށް ރަނގަޅަށް އަމަލުކުރުމަށް ފައްޔާޒު އެދިވަޑައިގަތެވެ.

ޤައުމާދޭތެރޭގައި ވިސްނާ މަރުހަބާކިޔާ އެކުގައި މަސަތްކަތްކޮށް މިޤައުމު ސަލާމަތްކުރުމަށް ފައްޔާޒު އެދިވަޑައިގަތެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް ނަޝީދު އާއި ޑިމޮކްރެޓްސްގެ މެމްބަރުން އެނބުރި އެމްޑީޕީ އާއި ގުޅިފައިވަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: