ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެލްޖިއަމްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ ހަލީލު ތަހުނިޔާ ފޮނުއްވައިފި

ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް.
ޝެއާރކޮށްލާ ކަހަލަދޯ؟

ބެލްޖިއަމްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މިނިސްޓަރ ގެ މެސެޖުގައި، ދިވެހި ދައުލަތާއި ރައްޔިތުންގެ ފަރާތުންނާއި މިނިސްޓަރުގެ އަމިއްލަ ނަމުގައި، ބެލްޖިއަމްގެ  ހާރިޖީ ވަޒީރަށާއި ސަރުކާރުގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައިފައިވެއެވެ. އަދި، އެ ގައުމުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔޭ ދެންނެވުމަކީ އެމަނިކުފާނަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށްވެސް މިނިސްޓަރު ހަލީލު ފާހަގަކޮށްފައިވެއެވެ.

އަދި ހަމައެއާއިއެކު، ދިވެހިރާއްޖެއާއި ބެލްޖިއަމްގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރެވުނު ތާރީހުއްސުރެ، ދެ ގައުމުގެ ދެމެދުގައި އޮތް ގުލުން ދެމެހެއްޓުން ބިނާވެގެންވަނީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހްމަތްތެރިގުޅުމާއި އިހްތިރާމްގެ މައްޗަށްކަމަށް މިނިސްޓަރު ހަލީލު ފާގަކުރެއްވިއެވެ.

މީގެއިތުރުން، ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ކަންކަމުގެ ދެ ގައުމަށްވެސް މުހިންމު އެކި ކަންތައްތައްކުގެ ދެމެހެއްޓެނިވި އުސޫލަކުން އެއްބާރުލުންދިނުން ކުރިއަށް ގެންދެވިފައިވާކަމަށާއި މުސްތަގްބަލުގައިވެސް ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ބެލްޖިއަމްގެ ހާރިޖީ ވަޒީރާއިއެކު މަސައްކަތްކުރުމަށް އުއްމީދުކުރައްވާކަމަށް މިނިސްޓަރު ހަލީލު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ މެސެޖުގައި އިތުރަށް ފާހަގަކޮށްފައިވަނީ، ބެލްޖިއަމްގެ ހާރިޖީ ވަޒީރަށް ދުޅެހެޔޮ ހަށިހެޔޮ ސިއްހަތަކަށް އެދޭކަމަށެވެ. އަދި، އެމަނިކުފާނު ބެލްޖިއަމްގެ ހާރިޖީ ވަޒީރަށް ކުރައްވާ އިހްތިރާމްގެ ޔަގީންކަންވެސް ވަނީ ދެއްވައިފައެވެ.

ދިވެހިރާޢްޖެއާއި ބެލްޖިއަމްގެ ދެމެދުގައި، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އެންމެ ފުރަތަމަ ގާއިމުކުރެވިގެންދިޔައީ، 1977 ވަނަ އަހަރުގެ އޮކްޓޯބަރު 3ގައެވެ. މި ތާރީހަށް ފަހު، ރާއްޖެއާއި ބެލްޖިއަމްގެ ގުޅުން އައު ހަރުފަތަކަށް ދިޔައީ، 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގަ، ބެލްޖިއަމްގެ ބްރަސެލްސްގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވިގެންދިޔުމުންނެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: