ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ފެންވަރުގައިވެސް މިނިވަންކަން އޮތްކަމަކަށް މިއަދު ރައްޔިތުން ޤަބޫލެއް ނުކުރާނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ފެންވަރުގައިވެސް މިނިވަންކަން އޮތްކަމަށް މިއަދު ރައްޔިތުން ޤަބޫލެއް ނުކުރާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ”ސަންގުޓީވީ“ އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސް ޔާމީން ވިދާޅުވީ، މިނިވަންކަމަކީ ވަރަށް ވަރުގަދަ ޖިހާދަކަށްފަހު ހޯދާފައިވާ ކަމެއް ކަމަށާއި، އެއީ ރައްޔިތުންނަށްވެސް ލިބޭ އުފާވެރިކަމެއް ކަމަށެވެ. ނަމަވެސް އެ މިނިވަންކަން ދެމެހެއްޓޭތޯ ނުވަތަ އެ މިނިވަންކަމަށް ބުރޫ އަރާތޯވެސް ބަލަންޖެހޭނެކަމަށް ޔާމީން ވިދާޅުވިއެވެ.

އެ މިނިވަންކަން ދެމެހެއްޓޭތޯ ނުވަތަ އެ މިނިވަންކަމަށް ބުރޫ އަރާތޯ، މިއީ އަސްލު ރައްޔިތުންނަށާ ދައުލަތަށް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ

ރައީސް ޔާމީން ވިދާޅުވީ، މިނިވަންކަމުގެ އިޙްސާސް ދެ ލެވެލްއެއްގައި މިން ކުރެވޭ ކަމަށެވެ. އެއީ ދައުލަތުގެ މިނިވަންކަމާއި ފަރުދީ މިނިވަންކަން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ، ފަރުދުންގެ ފެންވަރުގައި ބަލާއިރު، އެކަށީގެންވާ ގޮތެއްގައި މިނިވަންކަމުގެ ފުރިހަމަ އިޙްސާސް ކުރެވޭކަށް ނެތްކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ މިނިވަންކަން އޮތްތޯ ބަލާއިރު ސިޔާސީ މިނިވަންކަމާއި އަމިއްލަ ނިންމުންތައް ނިންމުމުގެ ބާރު ޤައުމަށް ލިބިގެންވުން ހިމެނޭކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެގޮތުން ބަލާއިރުވެސް ހަގީގީ މާނައިގައި ހުރިހާ ކަމަކަށް ދައުލަތުގެ އަމުރު މައުރޫފް ހިނގައި، އިޤްތިސާދީ އަދި ސިޔާސީ ފަންވަރު ހުރިތޯ ސުވާލު އުފެދޭކަމަށްވެސް ވިދާޅުވިއެވެ.

އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ ގިނަރައްޔިތުން މިހާރު ޤަބޫލު ކުރާނެކަމަކަށް ދައުލަތުގެ ފެންވަރުގައިވެސް މިނިވަންކަން އޮތްކަމަކަށް

ކަން އެހެން ހުރުމާއެކު، ދައުލަތުގެ ފެންވަރުގައިވެސް މިނިވަންކަން އޮތްކަމަށް މިއަދު ރައްޔިތުން ޤަބޫލެއް ނުކުރާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަމުގެ މިސާލުތަކެއްގެ ގޮތުގައި ރައީސް ޔާމީން ފާހަގަ ކުރެއްވީ ފޯޅަވަހީގެ ކަނޑު ހޯދުމަށް މި ސަރުކާރުން މަސައްކަތް ނުކުރުމާއި، އިންޑިއާގެ ސިފައިން ނެތްކަން މިއަދުވެސް ކަށަވަރު ނުވުމެވެ. އެކަން ރައްޔިތުން ޤަބޫލުކުރާ ފެންވަރަށް ސަރުކާރުން ބުނެދީފައިނުވާކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: