ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަގީގީ މިނިވަންކަން އިޙްސާސް ކުރުމަށްޓަކައި އިޤްތިސާދީ ފުދުންތެރިކަން މުހިއްމު: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް.
ޝެއާރކޮށްލާ ކަހަލަދޯ؟

ހަގީގީ މިނިވަންކަން އިޙްސާސް ކުރުމަށްޓަކައި އިޤްތިސާދީ ފުދުންތެރިކަން މުހިއްމުކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެފަދައިން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ސަންގުޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ރައީސް ޔާމީން ވިދާޅުވީ، ހަގީގީ މިނިވަންކަން އިޙްސާސް ކުރުމަށްޓަކައި އިޤްތިސާދީ ފުދުންތެރިކަމާއި، ފަރުދީ މިނިވަންކަންވެސް މުހިއްމު ރޯލެއް އަދާކުރާ ކަމަށެވެ.

މީގެ އިތުރުން އިޤްތިސާދީ ޙާލަތަށް އަލިއަޅުވާލައްވާ ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމުގެ ޖީޑީޕީ ނިސްބަތުން ހުރި އަދަދު ވެރިކަމުން ފައިބާވަޑައިގެންނެވިއިރު އިތުރު ކޮށްދެވިފައިވާ ކަމަށެވެ.

އަޅުގަނޑު ވެރިކަމަށް އައިއިރު އޭރު ބޮލަކަށްޖެހޭ ޤައުމީ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީޑީޕީ ޕާ ކެޕިޓާ ހުރީ 6000 ޑޮލަރުގައި، އަޅުގަނޑު ވެރިކަމުން ވަކިވެގެން ދިޔައިރު 10000 ކޮންމެވެސް ވަރަކަށްޑޮލަރު، އެހެންވީމާ އެވަރުން ފުދޭ ދެއްތޯ

މި ބަސްދީގަތުމުގައި ރައީސް ޔާމީން ވަނީ ބައިނަލްއަޤުވާމީ މަސްރަހުގައި ހިނގަމުންދާ ބައެއް ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ، މިހާރު ބައިނަލްއަޤުވާމީ ހަމަޖެހުން މުޅިން ގެއްލިފައިވާ ކަމަށާއި، ބައެއް ޤައުމުތަކުން ބައިނަލްއަޤުވާމީ އުސޫލުތައްވެސް މުގުރާލާފައިވާ ކަމަށެވެ. އެގޮތުން މިއަދު ބާރުގަދަ ޤައުމުތަކުން ބޭނުންހާ ގޮތަކަށް ކަންކަން ކުރަމުންދާކަން ފާހަގަ ކުރައްވައި ރައީސް ޔާމީން ވިދާޅުވީ، މިސާލަކަށް ބަލާނަމަ އިޒްރޭލަށްވެސް އެތައް ފިޔަވަޅެއް އެޅިފައިވާ ކަމަށެވެ.

އިންޓަނޭޝަނަލް އޯޑަރ މުޅިންހަލާކުވެފައި އޮތީ، ބާރުގަދަ ޤައުމުތަކުން ބޭނުން ގޮތަކަށް ކަންކަން ކުރަމުންދަނީ، އދ ގެ އެހާ ބައިވަރު ޤަރާރު އިޒްރޭލާ ދެކޮޅަށް ހުރިއިރުވެސް ތަންފީޒު ކުރެވޭނެގޮތެއް ނެތް

އެހެންނަމަވެސް އެކަންކަން ތަންފީޒު ކުރެވޭ މަންޒަރެއް ނުފެންނަކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: