ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ވީއައިއޭގެ އައު ޓާމިނަލް ނުހުޅުވުނީ މަސައްކަތްތަކުގެ ދުވެލި ލަސްވުމުން: މަމްދޫހު

ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙު/ ފޮޓޯ: ހުލާސާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ދައުރުގެ ތެރޭގައި ވީއައިއޭގެ އައު ޓާމިނަލް ހުޅުވުމަށްޓަކައި އެކި ތާރީހުތައް ދެއްވިކަމަށާއި މަސައްކަތްތަކުގެ ދުވެލި ލަސްވުމުން ވެރިކަން ބަދަލުވިއިރުވެސް އެކަން ނުކުރެވުނުކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ އައު ޓާމިނަލް ހުޅުވާފައިވާއިރު އެތަނުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާގޮތުގެ ތާރީހާއިމެދު އެކި ފަރާތްތަކުން ސުވާލު އުފައްދަމުންދިއުމާއި ގުޅިގެން މެމްބަރު މަމްދޫހުވަނީ ސޯޝަލްމީޑިއާ މެދުވެރިކޮށް ބައެއް ތަފްސީލީ މައުލޫމާތު އާންމުކުރައްވާފައެވެ. މަމްދޫހު ވިދާޅުވީ، 2018 ވަނަ އަހަރު ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވިއިރުވެސް ވީއައިއޭގެ އައު ޓާމިނަލްގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާކަމަށެވެ. އެހެންކަމުން 2022 ވަނަ އަހަރުގެ ތެރޭގައި ރައީސް ސާލިހުވަނީ އެ ދައުރުގައި ޓާމިނަލް ހުޅުވާނެކަމުގެ ޔަގީންކަން ދެއްވާފައިކަމަށާއި ނަމަވެސް އެމަނިކުފާނު އެކި ފުރުސަތުތަކުގައި އެކި ތާރީހުތައް ދެއްވާފައިވާކަމަށެވެ.

ވީއައިއޭގެ މަސައްކަތްތައް ވަކި ހިސާބަކުން ހުއްޓިގެންދިޔަކަމަށް އިޝާރާތްކުރައްވާ މެމްބަރު ވިދާޅުވީ، އެކަމުގެ ސަބަބުންވެސް އިތުރަށް 7 މަސް ހޭދަވެގެންދިޔަކަމަަށެވެ. ނަމަވެސް އަލުން ފެށުމާއިއެކު ހުޅުވޭނެކަމުގެ ޔަގީންކަން ދެއްވިއިރު އެއަށްފަހު ރައީސް ސާލިހުވަނި ތާރީހަކަށްފަހު ތާރީހެއް ދެއްވާފައިކަމަށާއި މިހެން ގޮސް 2022 ވަނަ އަހަރު ނިމި 2023 ވަނަ އަހަރުގެ ތެރޭގައިވެސް ޓާމިނަލް ހުޅުވާނެކަމުގެ ޔަގީންކަން ދެއްވިކަމަށެވެ. މަމްދޫހު ވިދާޅުވީ، އެހެނިހެން ތަފާތު ތާރީހުތައްވެސް ދެއްވިއިރު މަސައްކަތްތަކުގެ ދުވެލި ލަސްވުމާއިއެކު ވެރިކަން ބަދަލުވިއިރުވެސް އެކަށީގެންވާ މިންވަރަށް މަސައްކަތްތައް ނިންމާލެވިފައިނުވާކަމަށެވެ.

މެމްބަރު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަން ފެށުމާއިއެކު އެމަނިކުފާނުވަނި އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާނެ މަސައްކަތްތަކުގެ ތެރޭގައި ޓާމިނަލް ހިމަނުއްވާފައިކަމަށާއި އެތަނުގެ މަސައްކަތްތައް ނިންމަވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިކަމަށެވެ. އެގޮތުގެ މަތިން ވިސްނުންފުޅު ގެންގުޅުއްވި މައިގަނޑު އެއް ސަބަބަކީ 2023 ވަނަ އަހަރާއި ޖެހުނުއިރު ރާއްޖެއަށް ކުރިމަތިވެފައި އޮތް އިގްތިސާދީ އަޅުވެތިކަމުގެ ބަނަ ވިލާގަނޑުން ދިވެހިންނާއި ގައުމު ސަލާމަތްކުރުންކަމަށާއި އެ ނިންމެވުމުގެ ފަހަތުގައި ވީއައިއޭއަކީ ދިވެހި އިގްތިސާދަކީ އާރާއި ބާރާއި ހުރި ވަރުހުރި އިގްތިސާދަކަށް ހަދައިދިނުމުގައި އިސް ދައުރެއް އަދާކުރާ ތަނަކަށްވާތީކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: