ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީރާގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ރޯޑްމެޕެއް: ވިދާޅުވީ ކަންކަން ހާސިލުވަމުންދާކަމަށް!

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު.
ޝެއާރކޮށްލާ ކަހަލަދޯ؟

މީރާގެ ހިދުމަތްތައް ޑިޖިޓަލް ކުރުމަށް ރޯޑްމެޕް ނުވަތަ މަގުޗާޓެއް އެކުލަވާލައި، އޭގައިވާ ކަންކަން ހާސިލްކުރުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޒަރީރު މިހެން ވިދާޅުވީ މީރާގެ 15 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ދެއްކެވި ވާހަކަތަކުގައެވެ.

މިކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރަމުން ޒަރީރު ވިދާޅުވީ އެ އިދާރާގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އިދާރީ ހިންގުން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދާކަމަށެވެ. ޒަރީރު ވިދާޅުވި ގޮތުގައި ޓެކުހާ ގުޅޭ އިލްތިމާޒްތައް އިތުރަށް ފަސޭހަކޮށްދީ، ޓެކްސް ކޮންޕްލަޔަންސް އިތުރަށް ރަނގަޅު ކުރުމަކީ އަމާޒެކެވެ.

ވާ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާފަދަ އިލެކްޓްރޯނިކް އިންވޮއިސިންގ ސިސްޓަމެއް ރާއްޖެއަށްވެސް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ޓެކްސް ދައްކާ ފަރާތްތަކާ މީރާގެ ސިސްޓަމުތައް ގުޅުވާލާ، ޓެކުހާގުޅޭ އިލްތިމާޒްތައް އަދާކުރުން އިތުރަށް ފަސޭހަ ކޮށްދިނުމަކީ މީރާގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ރޯޑްމެޕްގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެއްކަމަށް ފާހަގަކުރެއްވިއެވެ.

ޒަރީރު ވިދާޅުވި ގޮތުގައި މީރާއަަށް ބަލައިގަންނަ ޓެކްސް ބަޔާންތަކުގެ 97 އިންސައްތަ އަދި ފައިސާގެ 99 އިންސައްތަ މިހާރު ލިބެމުން ދަނީ އޮންލައިންކޮށްކަމަށެވެ.

މިދިޔަ އަހަރު މީރާއަށް 28.10 ބިލިޔަން ރުފިޔާ ބަލައިގެންފައިވެއެވެ. މީރާއަކީ ދައުލަތުގެ 82.5 އިންސައްތަ އާމްދަނީ ބަލައިގަންނަމުންދާ މުއައްސަސާކަން ޒަރީރު ފާހަގަކުރެއްވިއެވެ.

ކުރު މުއްދަތެއްގެ ތެރޭގައި ޓެކްސް ނިޒާމަށާއި ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ހޯދިފައި ވުމަކީ މީރާއަށް ހާސިލުކުރެވިފައިވާ ފަހުރުވެރި ކާމިޔާބީއެއްކަމަށް ފާހަގަކޮށް ޒަރީރު ވަނީ އެ އިދާރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. ޓެކްސް ދައްކާ ފަރާތްތަކަށްވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

މީރާގެ މަސައްކަތް ފެށީ 2 އޮގަސްޓް 2010 ވަނަ އަަހަރުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: