ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރިހަމަ ޕޭމަންޓު ނިޒާމެއްގެ ތެރެއިން ދިވެހި ދައުލަތް ކުރިއަރައިގެން ދާނެ: ނަސީރު

އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފުރިހަމަ ޕޭމަންޓު ނިޒާމެއްގެ ތެރެއިން، އަދި ފަސޭހައިން ފައިސާ ނުގެއްލޭނެ ނިޒާމެއްގެ ތެރެއިން ދިވެހި ދައުލަތް ކުރިއަރައިދާނެކަމަށް އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ޤައުމީ ޕޭމަންޓު ސިސްޓަމްގެ ޤާނޫނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ނަސީރު ވިދާޅުވީ، ސަރުކާރުން ހުށަހެޅި އިސްލާޙުތަކަކީ މިއަދު މި ޤައުމަށް ކޮންމެހެންވެސް ބޭނުން ޖެހިފައިވާ އިސްލާޙުތަކެއް ކަމަށެވެ. އަދި ވިދާޅުވީ، ޕޭމަންޓު ނިޒާމުގެ ތެރެއިން ހިނގާ ބައެއް ކަންކަން ހުއްޓުވަންވެސް ޖެހިފައިވާ ކަމަށާއި، ދުނިޔެ ބަވަނަވަމުންދާއިރު މިފަދަ އިސްލާޙެއް ކޮންމެހެންވެސް މުހިއްމު ކަމަށެވެ.

ދުނިޔެ ބަވަނަވަމުންދާއިރު މިފަދަ އިސްލާޙެއް ރާއްޖެ ފަދަ ޤައުމަކަށް ނުގެނެސް މި ދިވެހިރާއްޖޭގައި ޕޭމަންޓު ސިސްޓަމްގެ ތެރެއިން ހިނގަމުން މިދާ ބައެއް ކަންކަން ނެތް ހުއްޓުވޭކަށް

މެމްބަރު ވިދާޅުވީ، ކައިރި ޤައުމުތަކާއި އެކިއެކި ދުރު ޤައުމުތަކުންވެސް މިހާރު މިފަދަ އިސްލާޙުތައް ގެނެސްފައިވާ ކަމަށާއި، އެ ޤައުމުތަކުގެ މަރުކަޒީ ބޭންކުން ފައިސާގެ ކަންކަން އިތުރަށް މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި އެގޮތުގެ މަތިން ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމާއި، ފައިސާ ލޯންޑަރ ކުރުން ފަދަ ގިނަ ކަންކަން ދެނެގަނެވޭނެ ހަރުދަނާ ނިޒާމުތައް ޤާއިމު ކުރަމުންދާކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި ހިނގަމުންދާ މިފަދަ ކަންކަން ޙައްލު ކުރުމަށްވެސް މި އިސްލާޙުތަކާއެކު ލުއިފަސޭހަތައް ލިބިގެންދާނެ ކަމަށާއި، ފައިސާގެ މުއާމަލާތްތައް ކުރުމުގައި ދިވެހިންނަށް ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުންވެސް އަރައިގަނެވޭނެ ކަމަށެވެ. އެގޮތުން މިފަހުންވެސް މާލީ ގޮތުން ދިވެހިން ބައިވެރިވި އެކިއެކި ސްކީމްތަކުގެ ޒަރިއްޔާއިން ލަނޑު ލިބިފައިވާ މައްސަލަތައްވެސް ފެންމަތިވެފައިވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ.

50 އަކަށް މިލިއަން ޑޮލަރު ރައްޔިތުންގެ އަތުން އެވަނީ ގެއްލިފައި، އެ ގެއްލުނީ މިފަދަ ނިޒާމެއް ޤާއިމުވެފައި ނެތުމުން، ޑިޖިޓަލް މާކެޓުގައި ތަނެއް ދޮރެއް ނޭނގި އިންވެސްޓް ކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް އެ އަނިޔާ ލިބިގެން ދިޔައީ، އެ އަނިޔާ ލިބުނީ މިފަދަ ނިޒާމެއް ޤާއިމުކޮށް ލާރި ފައިސާ ބެލެހެއްޓޭނެ ރަނގަޅު މިފަދަ ނިޒާމެއް ނެތުމުގެ ސަބަބުން.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޤައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނަށް ސަރުކާރުން ވަނީ މުހިއްމު އިސްލާޙުތަކެއް ހުށަހަޅާފައެވެ. އެ އިސްލާޙުތައް ހުށައެޅުމުގެ ބޭނުމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ޕޭމަންޓް ސިސްޓަމްތައް ހިންގުމަށާއި، ޕޭމަންޓް ޚިދުމަތްތައް ދިނުމުގެ ބޭނުމަށް ކުންފުންޏާއި އެނޫންވެސް ޤާނޫނީ ޝަޚުސުތައް އުފެއްދުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ލިބިދިނުމާއި ޕޭމަންޓް ޚިދުމަތްތައް ސޮލިސިޓްކުރުން މަނާކޮށް، އަދަބު ކަނޑައެޅުމާ ބެހޭ އުޞޫލުތައް ޤާނޫނުގައި ހިމެނުމެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ބިލުގައިވާ ގޮތުން ޕޭމަންޓް ސިސްޓަމެއް ހިންގުމަށްޓަކައި ނުވަތަ ޕޭމަންޓް ޚިދުމަތެއް ދިނުމަށްޓަކައި ޙިއްސާދާރެއްގެ ނުވަތަ ޕާޓްނަރެއްގެ ހައިސިއްޔަތުން ނުވަތަ އެހެންވެސް ހައިސިއްޔަތަކުން ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އެމްއެމްއޭއަށް އުފެއްދިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. މިހާރު ޤާނޫނު އޮތްގޮތުން މި ބާރު އެމްއެމްއޭއަށް ލިބިދީފައިނުވެއެވެ.

މީގެ އިތުރުން،  ޤާނޫނުގައި ބަޔާންކުރާ ބައެއް ބޭންކުތަކާއި އެމްއެމްއޭއިން އިސްތިސްނާކޮށްފައިވާ ފަރާތްތަކާއި އިސްތިސްނާކޮށްފައިވާ ހަރަކާތެއް ހިންގާ ފަރާތްތައް ފިޔަވައި އެހެން އެއްވެސް ފަރާތަކުން އޮތޯރިޓީން ދޫކޮށްފައިވާ ލައިސަންސް ނުވަތަ ހުއްދަ ލިބިގެން މެނުވީ ރާއްޖޭގައި ޕޭމަންޓް ޚިދުމަތެއް ދީގެން އަދި ޕޭމަންޓް ޚިދުމަތެއް ސޮލިސިޓްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: