ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއީ ރައްޔިތުން ދެކެ ހަމްދަރުދީވާ ވެރިކަމެއް ނަމަ ލާމަރުކަޒީ އިސްލާހު ތަސްދީގު ނުކުރާނެ: ދީދީ

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ/ ފޮޓޯ: ސަންގު ޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންދެކެ އެއްވެސް ވަރެއްގެ ހަމްދަރުދީއެއްވާ ވެރިކަމެއް ނަމަ، ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ނުކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ދީދީ ވިދާޅުވީ، މިއީ ރައްޔިތުންނަށް މަލީ ގޮތުންނާއި އިދާރީ ގޮތުން ދަތިކުރުވައި އެތައް ބާރުތަކެއް ނިގުޅައިގަންނާނެ އިސްލާހެއް ކަމަށެވެ.

ދީދީ ވިދާޅުވި ގޮތުގައި، މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ހިސާބުން ފެށިގެންވެސް އެމްޑީޕީއައީ ސަރުކާރުގެ ހުށަހެޅުމަށް ދެކޮޅު ހަދަމުންނެވެ. މީގެއިން ރައްޔިތުންނަށް ވާނެ އެއްވެސް މަންފާއެއް ނެތްކަން ފާހަގަކުރައްވައި ދީދީ ވިދާޅުވީ މި އިސްލާހު ހުށަހަޅާފައި ވަނީ ކައުންސިލްތަކަށް މާލީ ގޮތުން ދަތިކޮށް، އިދާރީ ގޮތުން މަސައްކަތްތައް ބަންދު ކުރުމުގެ ގޮތުން ކަމަށެވެ.

ދީދީ ވިދާޅުވީ، ރައްޔިތުންގެ މަންދޫބުންނަށް ލިބިފައިވާ ބާރުވެރިކަން، ވެރިކަމުގެ ބާރުގެ ތެރެއަށް ގެނައުމަށްޓަކައި މިފަދަ އިސްލާހުތަކެއް ގެނައުމަކީ މަޖިލީހުގައި ވެސް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން ގެންދެވި ކަމެއް ކަމަށެވެ. އެމްޑީޕީ މި އިސްލާހާއި ދެކޮޅަށް ވޯޓުވެސް ދިންކަމަށާއި، ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން ގިނަ ކައުންސިލްތަކުންވެސް ބަޔާންތައް ނެރެފައިވަނީ މީގެ ހިތި ނަތީޖާއާއި ކުރިޔަށް އޮތް ތަނުގައި ކުރިމަތިލާން ޖެހޭނެތީކަމަށް ދީދީ ވިދާޅުވި އެވެ.

މީގެ ސަބަބުން ރައްޔިތުންގެ ބާރުވެރިކަން ނިގުޅައިގެނެވޭނެ ކަމުގެ ބިރު ހާމަކޮށް، 78 ކައުންސިލަކުން ނޫސް ބަޔާންތައް ނެރެފައިވާ އިރުވެސް، ސަރުކާރުން ރައްޔިތުންގެ ބަހަށް އިޖާބަދޭ ތަނެއް ނުފެންނަ ކަމަށް ދީދީ ވިދާޅުވިއެވެ. ދީދީ ފާހަގަކުރެއްވި ގޮތުގައި، މިއީ ރައްޔިތުން ދެކެ އެއްވެސް ވަރެއްގެ ހަމްދަރުދީއެއް ކުރާ ވެރިކަމެއް ނަމަ، މި އިސްލާހު ބަލައެއް ނުގަންނާނެކަމަށާއި ރައީސުލްޖުމްހޫރިއްޔާ އިސްލާހު ތަސްދީގެއް ވެސް ނުކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ދީދީ ވިދާޅުވީ ވެރިކަމަށް އާދެވި، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީއަށް ސުޕަ މެޖޯރިޓީ ލިބުނު ހިސާބުން ފެށިގެން ލާމަރުކަޒީ ގާނޫނާ ސަރުކާރުން ”ކުޅެން“ ފެށި ކަމަށެވެ. އަދި ވިދާޅުވީ ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް ބޭނުންތެރި އެއްޗެއް ނޫންކަމަށާއި، ކުރީގެ ކަތީބު ސިސްޓަމް މާ ރަނގަޅުކަމަށް އިސްލާހުގެ ބަހުސް މަރުހަލާގައި ތަކުރާރުކޮށް ބުނަމުން ދިޔަކަމަށެވެ.

މި ސަރުކާރު ފެށުނު ހިސާބުން ފެށިގެން އަޅުގަނޑުމެނަށް ފެނިގެން ދިޔައީ.. އަދި ރައްޔިތުންގެ މަޖިލީހުގެ މި ސުޕަރ މެޖޯރިޓީ ލިބުނު ހިސާބުން ފެށިގެން ލާމަރުކަޒީ ގާނޫނާ ކުޅެން ފެށިތަން… ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް ބޭނުންތެރި އެއްޗެއް ނޫންކަމަށް… ރައްޔިތުންގެ މަޖިލީހުގެ ބައެއް ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދެވި ކުރީގެ ކަތީބު ސިސްޓަމް މާ ރަނގަޅޭ… މިއީ މާ ޚަރަދު ބޮޑު ސިސްޓަމެކޭ… ދެން އަޅުގަނޑުމެނަށް ވަރަށް ބޮޑަށް ފާހަގަ ވީ މި ބޭފުޅުން އަބަދުވެސް ވާހަކަ ދައްކާއިރު އެބަ ވިދާޅުވޭ ކައުންސިލުތަކުގައި އެބަހުއްޓޭ ފައިސާތަކެއް ބޭނުން ނުކުރާ… ބައެއް ކައުންސިލުތަކުން މި ލިބޭ އެތިކޮޅުން އެއް އަހަރު އެ ބޭފުޅުން ބޭނުންވާ ޕްރޮޖެކްޓެއް ނުހިންގޭ.. އިންނަނީ ކިއުމިލޭޓްކޮށްލަން.. އެތިކޮޅެއް ބާކީކޮށްފައި އެއް އަންނަ އަހަރު އެތިކޮޅެއް ބާކީކޮށްގެން.. މިހެން ކިއުމިލޭޓްކޮށްލައިގެން އެ ބޭފުޅުން ބޭނުންވާ ޕްރޮޖެކްޓެއް ހިންގަން ވެސް އެބަ ހުރި ބަހައްޓާފަ.. ދެން އިންނަ އެތިކޮޅެއް އެއްކޮށްލީމަ ބިލިއަނެއް ހާ ރުފިޔާ އެބަވޭ. މި ފެނިގެން.. މިއަތު ޖެހޭނެ ގޮތެއް ބަލަން ވެގެން ވަރަށް ބޮޑަށް މަސައްކަތް ކުރޭ އެބަ

ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ، ނިޒާމުގެ ހަރަދު ބޮޑުވުންކަމަށް ބުނާތީ އެ ވާހަކަތަކަށް ރައްދު ދެއްވައި ދީދީ ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ 05 އިންސައްތަ ހަރަދު ވަނީ ކައުންސިލް ހިންގަން ކަމަށާއި، މައި ސަރުކާރަށް 95 އިންސައްތަ ލިބޭނެކަމަށެވެ.

ކައުންސިލްތަކުން ފައިސާ ހަރަދު ނުކޮށް ހިފަހައްޓާކަމަށާއި، ބްލޮކް ގްރާންޓް ފައިސާގެ އުސޫލެއް ގެންނަން ޖެހޭކަމަށް ދެކެވޭތީ ދީދީ ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެ ފައިސާ ދޫކުރަން ފެށީ ރައްޔިތުންގެ ކައުންސިލްތައް ބާރުވެރިކުރުމުގެ ގޮތުން ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ފައިސާކަމަށާއި، ބްލޮކް ގްރާންޓު ފައިސާގައި ސަރުކާރަށް އަތް ނުލެވޭނެކަމަށް ދީދީ ވިދާޅުވި އެވެ. ދީދީ ވިދާޅުވީ މިއީ ރައްޔިތުންނަށް އެ ރައްޔިތުން ބޭނުންވާ ކަންތައްތައް ލޯކަލް ލެވެލްގައި ކޮށްދިނުމަށް ހަރަދުކުރުމަށްޓަކައި ކައުންސިލަށް ދޫކުރާ ފައިސާކަމަށެވެ.

ދީދީ ވިދާޅުވި ގޮތުގައި ބައެއް ކައުންސިލްތަކުން އެއް އަހަރު ލިބޭ ގްރާންޓުން ބޭނުންވާ ޕްރޮޖެކްޓެއް ނުހިންގޭ ނަމަ ފައިސާ ކިއުމިލޭޓްކޮށް، ވަކި އަދަދެއް ބާކީކޮށް، އަނެއް އަހަރަށް ބަހައްޓައިގެން ބޮޑެތި ޕްރޮޖެކްޓްތައް ހިންގަން މަސައްކަތް ކުރެ އެވެ. މިފަދަ ގޮތަކަށް 180 ކައުންސިލުން ޖަމާކޮށްފައިވާ ފައިސާ ގާތްގަނޑަކަށް ބިލިއަނެއްހާ ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭކަމަށާއި، ސަރުކާރުން ހަގީގަތުގައި ބޭނުންވެގެން އުޅެނީ އެ ފައިސާކަމަށް ދީދީ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: