ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނަށް ފިލަން ކާރު ދުއްވި ޒުވާނާ ކޯޓުން ދޫކޮށްލައިފި

ހުޅުމާލޭގައި ރޭ ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ހުޅުމާލޭގައި ބާރު ސްޕީޑުގައި ކާރު ދުއްވި ޒުވާނާ ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލައިފި އެވެ.

ހުޅުމާލޭގައި ފުލުހުންނަށް ފިލަން ބާރު ސްޕީޑުގައި ކާރު ދުއްވިކަމުގެ ތުހުމަތަށް ހައްޔަރު ކުރީ ހ. ފިލިމާގެ/ އައިކް ހައިޝަމް ހަސަން އެވެ. އުމުރުން 18 އަހަރުގެ އެ ޒުވާނާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސެއް ނެތެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އައިކްގެ ބަންދާއި މެދު ގޮތެއް ނިންމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ޝަރުތު ކުރުމަށް ފަހު ދޫކޮށްލާފައިވާކަމަށެވެ. އެއީ ކޮން ޝަރުތުތަކެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މި މައްސަލައިގައި، ކާރުގައި އެވަގުތު ހުރި އަންހެނެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އެއީ ކާރުގެ ކުރީ ސީޓުގައި އިން އަންހެނެކެވެ.

ފުލުހުން ބުނި ގޮތުގައި އެ ކާރު މަޑު ކުރުމަށް އެންގުމުން، ވެސް މަޑުނުކޮށް ވަނީ ހުޅުމާލެ 1 އާއި ހުޅުމާލެ ފޭސް ދޭއްގައި ދުއްވާފަ އެވެ. އަދި އެވަގުތު ކާރު މަޑުކުރުމަށް އަންގައި ދިޔަ ފުލުހުންގެ ސައިކަލެއްގައި ކާރުން ޖައްސާފައިވާކަމަށް ވަނީ ބުނެފަ އެވެ. އެ ހާދިސާގައި އަނިޔާވި ފުލުސް އޮފިސަރަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

އައިކް ދުއްވި ކާރު ފަހަތުން ފުލުސް ކާރެއް ވެސް ދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އޭނާއާއި، އަންހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާތަން އެ ވީޑިއޯގައި ފެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: