ހޮލިވުޑްގެ މަޝްހޫރު ތަރި ލިއޮނާޑޯ ޑިކެޕްރިއޯ އިބިޒާގައި ހިނގި ޓެކީލާ ޕާޓީއަކަށް ވަންނަން އުޅުނު ވަގުތު، އޭނާއަކީ ކާކުކަން ނޭނގި ސްޕެއިންގެ ފުލުހުން ހުއްޓުވައި ބަލައި ފާސްކޮށްފިއެވެ.
ޑެއިލީ މެއިލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުން، 50 އަހަރުގެ އެ ތަރި އާންމުކޮށް އުޅެނީ މޫނު ނިވައިކޮށްގެން ކަމަށާއި، ނަމަވެސް މި ފަހަރު އޭނާ ޕާޓީއަށް ދިޔައީ މޫނު ނިވައި ނުކޮށެވެ. އޭނާ އެދުވަހު ލައިގެން ހުރީ ކަޅު ކުލައިގެ ހެދުމަކާއި، އޭނާގެ ސިގްނެޗަރ ބޭސްބޯޅަ ކެޕަކާއި ރަން މުދައްވަރެކެވެ.
މި ހާދިސާގައި ފުލުހުން ބަލައި ފާސްކުރަމުންދިޔަ ވަގުތު، ޑިކެޕްރިއޯ އޭނާގެ ފޯނު ބަލަމުން ހުރިކަން ފެންނަ ފޮޓޯތަކެއް ވަނީ ޝާއިޢުކޮށްފައެވެ. އަދި މި ވީޑިއޯގައި އަންހެނެއްގެ އަޑުން ”މިވަގުތު އަހަރެން ވަރަށް ބޮޑަށް ބަލައި ފާސްކުރަމުން މިދަނީ“ ބުނާ އަޑު އިވެއެވެ.
އެ އަންހެން މީހާއަކީ ޑިކެޕްރިއޯގެ ގާތް ރައްޓެއްސެއްކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. ނަމަވެސް މިވަގުތު އޭނާ ޑޭޓްކުރަމުންދަނީ 27 އަހަރުގެ އިޓަލީ މޮޑެލް ވިޓޯރިއާ ސެރެޓީއާ ކަމަށާއި، އޭނާވެސް މި އިބިޒާ ދަތުރުގައި ޑިކެޕްރިއޯއާއެކު ބައިވެރިވެފައިވާ ކަމަށް ވެއެވެ.

