ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީ ގެނެސްދޭނީ ރައްޔިތުން އެދޭ ގޮތަށް، ވައުދުތައް ފުއްދާނަން: ރައީސް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން އެދޭ ގޮތަށް ތަރައްގީ ހާސިލުކޮށް ދިނުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުުއިއްޒު ވިދާޅުވެއްޖެ އެވެ.

ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް މުއިއްޒު ވަޑައިގެންފައި ވަނީ އެ އަތޮޅު މާޅޮހަށެވެ. ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް މުއިއްޒު ޖުމްލަ ގޮތެއްގައި ފާހަގަކުރައްވާފައި ވަނީ ރަށުގައި މިވަގުތު ކުރިޔަށްދާ މަޝްރޫއުތަކާއި، ބައެއް ޕްރޮޖެކްޓުތަކަށް ބޭނުންވާ އިތުރު ތަފްސީލުތަކެވެ.

ރައީސް ވިދާޅުވި ގޮތުގައި ހުރިހާކަމެއް ވެސް ފުރިހަމަވާ ގޮތަށް، މަޝްރޫއުއެއް ކުރިޔަށް ގެންދިއުން މުހިންމެވެ. ރައީސްގެ ދަތުރުފުޅުގެ ތެރޭގައި މި އަތޮޅުގެ ރަށްތަކުން މިވަގުތު ޢޭޓީއެމް ނެތް ރަށްތަކުގައި އޭޓީއެމްގެ ހިދުމަތް އިފްތިތާހު ކުރުން ހިމެނެ އެވެ. އަދި ޕޮލިސް ޕޯސްޓާއި، ޕޮލިސް ސްޓޭޝަންތައް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފަ އެވެ.

ރަށްތަކުގެ އަސާސީ ހިދުމަތް ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ބޭސްފަރުވާގެ ބޭނުމަށް ރަށުން ބޭރަށް ނުވަތަ މާލެއަށް ދަތުރު ކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލްތަކަށް އެނދު އިތުރުކޮށް، ސްޕެޝަލިސްޓު ޑޮކްޓަރުން ތިބޭނެ އިންތިޒާމު ހަމެއްޖެއްސުން ހިމެނޭކަމަށް ފާހަގަކުރެއްވި އެވެ.

ގިނަ ރަށްތަކުގައި ސްކޫލުގެ ޖާގައިގެ ދަތިތައް ދިމާވާތީވެ، މަލްޓި-ޕާޕަސް ހޯލް އަދި ކްލާސް ރޫމްތައް އެޅުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް ވަނީ ހަވާލުކޮށްފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި ސްކޫލުގެ އައު އިމާރާތްތައް ބޭނުންވާ ރަށްތަކުގައި އެ މަސައްކަތް ކުރިޔަށް ގެންދާއިރު ސްކޫލުގެ ޕްރޮޖެކްޓުތައް ނިމިގެންދާއިރު ތައުލީމު ފުރިހަމަ ކުރުމުގައި ދަރިވަރުންނަށް ބޭނުންވާ ހުރިހާ ވަސީލަތްތައް އެތަނެއްގައި ގާއިމުވެފައި ހުންނާނެކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ދެން ރައީސް ފާހަގަކުރެއްވީ، ބ. އަތޮޅުގެ ގިނަ ރަށްތަކުން މަގު ހެދުމާއި ގުޅޭގޮތުން އެދޭ ގޮތެވެ. އެގޮތުން ގާއެތުރުން ނުވަތަ ތާރުއެޅުމާއި ރަށްތަކަށް ދެކޮޅުއިރު މާޅޮސް ބޭނުންވާ ގޮތަކީ ކޮބައިތޯ ބައްލަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: