ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން އެމްޑީޕީއަށް އުނދަގޫވޭ: އައިފާން

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަން ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ސަބަބުން އެމްޑީޕީއަށް އުނދަގޫވާކަމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހްމަދު އައިފާން ވިދާޅުވެއްޖެއެވެ.

ކޮރަޕްޝަނާއި ދެކޮޅަށް މަޖިލީހުގައި ވަކާލާތު ކުރައްވަމުން އައިފާން ވިދާޅުވީ، މިހާރުގެ ސަރުކާރާއި، މިހާރު އޮތް މަޖިލީހުން ފިޔަވާ ކޮރަޕްޝަނާއި ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތަކެއް އެޅި ބަޔަކު ނެތްކަމަށެވެ. އައިފާން ވިދާޅުވީ އިދިކޮޅު އެމްޑީޕީއަށް، އިދިކޮޅުގެ ޒިންމާ އަދާނުކުރެވޭކަމަށެވެ.

އެހެންކަމުން އިދިކޮޅުގެ މަސައްކަތްވެސް ކުރައްވަނީ ސަރުކާރުން މެންބަރުންކަމަށާއި، ސަރުކާރު މެންބަރުން ތިއްބެވީ ކަންކަމަށް ފާރަވެރިވެކަމަށް ފާހަގަކޮށް އައިފާން ވަނީ އެމްޑީޕީއަކީ ކޮރަޕްޝަންގެ އަމަލުތަކަށް އެއްބާރުލުން ދޭ ޕާޓީއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އައިފާން ފާހަގަކުރެއްވީ މި ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހެވެ. މިއީ ސަރުކާރުން ރައްޔިތުންގެ ފައިދާއަށް ހުށައެޅި ބިލެއްކަމަށް އައިފާން ވިދާޅުވިއެވެ.

އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުން އަބަދުވެސް މި ދައްކަވަނީ، ތިބޭފުޅުން ޕްރޯ އެކްޓިވްކޮށް، ވައްކަން ހުއްޓުވުމަށް ޕްރޯ އެކްޓިވްކޮށް ކީއްވެހޭ މަސައްކަތް ނުކުރަނި. އެކަމަކު މިއަދު އެ އިސްލާހުތައް ގެނައީމަ އެކަމެއް ރަނގަޅެއް ނުވި އެއްވެސް ބަޔަކަށް.

އައިފާން ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ ލާމަރުކަޒީ ގަނޫނަށް އިސްލާހުތަކެއް ގެނައީ ކޮރަޕްޝަނާއި ދެކޮޅަށް ޕްރޯއެކްޓިވް މަސައްކަތްތަކެއް ކުރަންކަމަށެވެ. ނަމަވެސް މި އިސްލާހުތައް ގެނައުމުންވެސް އެމްޑީޕީއަށް ކަމުނުދިޔަކަމަށް އައިފާން ވިދާޅުވިއެވެ.

އައިފާން މިކަން ސިފަކުރެއްވީ އެމްޑީޕީއަށް ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް ހަޖަމް ނުވުމުގެ ގޮތުގައެވެ. މިހާރު ހުށައަޅާފައި އޮތް އިސްލާހާއިއެކު، އަމިއްލަ ފައިދާއަށް ރައްޔިތުންގެ ފައިސާއިން ބޮޑެތި ހަރަދުތައް ކުރުން ހުއްޓުވޭނެކަމަށްވެސް އައިފާން ފާހަގަކުރެއްވިއެވެ. އަދި އިންތިހާބުތަކާއި ދިމާކޮށް ކައުންސިލްތަކުން ހިންގާ ކޮރަޕްޝަންވެސް ހުއްޓުވޭނެކަމަށް ފާހަގަކުރެއްވިއެވެ.

އައިފާން ވިދާޅުވީ އާންމު ރައްޔިތު މީހާ ދެމުން ގެންދާ ހިދުމަތްތަކާއި، ކުރަމުން ގެންދާ ވިޔަފާރީގެ ތެރެއަށް ކައުންސިލްތަކުން ވަދުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަރަށް ގެއްލުވާކަމަށެވެ. ކައުންސިލްތަކުގެ ކުންފުނިތަކުން ކުރާ ވިޔަފާރި ހަނިވެގެން އައިސްފައިވަނީ އެކަން ހުއްޓުވުމުގެ ގޮތުން އެޅު ފިޔަވަޅާއިއެކުކަމަށް އައިފާން ވިދާޅުވިއެވެ.

އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި މި ގޮތަށް ކައުންސިލްތަކަށް ވިޔަފާރިކުރުމަށް އޮންނަ ބައެއް ފުރުސަތުތައް ބަންދުކުރި ނަމަވެސް، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވުމަށް އެއްވެސް ކަހަލަ ދައްޗެއް ނުވާނެއެވެ. ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދޭކަމަށާއި، ނަމަވެސް އެފައިސާ ހަރަދު ކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށްކަމަށް އައިފާން ވިދާޅުވިއެވެ. އަދި އަމިއްލަ ބޭނުންތަކަށްވެސް އެފައިސާ ބޭނުންކުރާކަމަށްވެސް އައިފާނެ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: