ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޑރ މުއިއްޒަކީ ޔާމީން ފަދަ އަނިޔާވެރިއެއް ނޫން: ޤާސިމް

މަޖިލީސް އިންތިޙާބުގެ ނަތިއްޖާއިން އިގިގެން ދިޔައީ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރީ ހުސްގޮނޑި ދައްކައިގެންނޫންކަން: ޤާސިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުޙައްމަދު މުއިއްޒަކީ ރައްޔިތުންނަށް އަނިޔާވެރިވާ ބޭފުޅެއް ނޫންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޤާސިމް އެފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފްއިން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ނެރުއްވި ބަޔާނެއްގައެވެ. އެ ޖަލްސާގައި ރައީސް ޔާމީނު ވަނީ ކޮންމެ ސަރުކާރެއް އަޔަސް، ކާޑެއްދޫ އެއާޕޯޓު މާމިގިލި ދާއިރާގެ މެމްބަރު ގާސިމަށް ”ތަރިކަ މުދާގަނޑެއް“ ގޮތަށް ދީފައި އޮންނަ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެކްސް މެދުވެރިކޮށް އާންމު ކުރެއްވި ބަޔާނެއްގައި ޤާސިމް ވަނީ އެއާޕޯޓުގެ ކަންކަން ދިޔަ ގޮތުގެ ބައެއް ތަފްސީލުތައް ހިއްސާ ކުރައްވާފައެވެ. އަދި ވިދާޅުވީ، ރައީސް ޑރ މުޙައްމަދު މުއިއްޒަކީ ރައިސް ޔާމީން ފަދައިން ގާނޫނީ އިމުން ބޭރުން މީހުންގެ މުދާ ހިފައި އަނިޔާދޭ ޒާތުގެ ބޭފުޅެއް ނޫންކަމަށެވެ.

ކަން އެހެން އޮތުމާއެކު، ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އިސްކަންދެއްވީ ގާނޫނީ އިމުގެ ތެރެއިން އެއްބަސްވެވޭ އެދެވޭ ބަދަލެއް ދިނުމަށް ފަހު ވިލާ އެއާގެ އަތުން ކާޑެއްދޫ ސަރުކާރަށް ލިބޭނެގޮތަކަށް އަމަލުކުރެއްވުމަށް ކަމަށްވެސް ޤާސިމް ނެރުއްވި ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ރައީސް ޔާމީނު އަމިއްލަފުޅު އާއިލާއާމެދު ކަން ކުރައްވާފައިވާ ގޮތަށް ބަލާއިރު، އެހެން މީހުންނާމެދު ކަންކަން ކުރައްވާނެ ގޮތް ރައްޔިތުންނަށް އޮޅިފައި ނޯންނާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ގދ. ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހޯދުމުގެ ގޮތުން ވިލާ އެއާއަށް 18 މިލިއަން ޑޮލަރު ދެއްކުމަށް ނުވަތަ ވިލާ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހުގެ މުއްދަތަށް އެޖަސްޓްމަންޓެއް ހެދުމަށް އިކޮނޮމިކް ކައުންސިލުން ނިންމައި އެންގި ސިޓީއެއް ޗެއާމަން އަދި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ އާންމު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: