ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޭޕް މައްސަލައިގައި ހައްޔަރުކުރި ފުލުސް އޮފިސަރުގެ ބަންދަށް 20 ދުވަސް!

ވޭޕު މައްސަލައިގައި ގދ ތިނަދޫއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭޕު މައްސަލައިގައި ގދ ތިނަދޫއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް ކޮންސްޓަބަލް ބަންދު ކުރުމަށް ގދ ތިނަދޫ މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފިއެވެ.

ވޭޕު ވިއްކުމުގެ ތުހުމަތުގައި ގދ ތިނަދޫއިން ހައްޔަރުކުރި މުހައްމަދު ސާޖިދު އަހުމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެފަދަ އާލާތްތައް ވިއްކުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް އެ މުއައްސަސާއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓު އަމުރަކާއިއެކު ދިރިއުޅޭ ގެ ބަލާ ފާސްކުރުމަށްފަހުއެވެ. އެތަނުން އީސިނގިރޭޓާއި ގުޅުންހުރި ތަކެތީގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ބައެއް ތަކެތިވެސް ފެނިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

މި މައްސަލައިގައި ބަންދާއިމެދު ގޮތެއް ނިންމުމަށް ތިނަދޫ ކޯޓަށް ފުރަތަމަ ހާޒިރުކުރުމުން އޭނާ ދޫކޮށްލާފައިވާއިރު ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށް ދައުލަތުންވަނީ އެ ނިންމުން ބަދަލުކުރުމަށް އެދިފައެވެ.

މި މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުން ނިންމެވީ އޭނާ ބަންދުން ދޫކޮށްލުމަށް މެޖިސްޓްރޭޓު ކޯޓުން ނިންމި ނިންމުން ބާތިލު ކުރެއްވުމަށެވެ. އަދި ހައިކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް މި މައްސަލައިގެ ބަންދާމެދު އަލުން ގޮތެއް ކަނޑައެޅުމަށް ހުށަހަޅައިފިނަމަ ގޮތެއް ނިންމެވުމަށްވެސް ފަނޑިޔާރުން ވަނީ ދަންނަވާފައެވެ.

އެހެންކަމުން އަލުން އޭނާގެ ބަންދާމެދު ގޮތެއް ނިންމައި، 20 ދުވަހަށް އޭނާ ބަންދު ކުރުމަށް މެޖިސްޓްރޭޓު ކޯޓުން މިވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ހައިކޯޓުގައި ކުރިއަށްދިޔައިރު އެ އޮފިސަރު ވަނީ އޭނާ މަޤާމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވިނަމަވެސް، ހުވާ ނުކުރާކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ފަނޑިޔާރުންގެ ހޫނު ސުވާލުތަކެއްވެސް އަމާޒުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: