ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލު ފާޅު ކުރުމުގެ ޙައްޤުވެސް އޮންނަންވާނީ ހުދޫދެއްގެ ތެރެއިން: ރައީސް

ރައީސް ޑރ މުޙައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން އޮންނަންވާނެ ކަމަށާއި، އެ މިނިވަންކަން ލިބުމުގައި ހުދޫދެއް އޮންނަން ޖެހޭކަމަށްވެސް ޤަބޫލު ކުރަންވާނެކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ. މި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ޤައުމީ ރިވެތި ސިފަތަކާއި ވިސްނުންތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ހުރިހާ ދިވެހި ރައްޔިތުންވެސް އަމާޒު ހިފުމަށް އެދިވަޑައިގެންފައެވެ.

ރައީސް ވިދާޅުވީ، ކޮންމެ މީހަކީވެސް އަބުރަކާއި އިއްޒަތެއް ލިބިގެންވާ މީހެއް ކަމަށާއި، އެ އަބުރު ރައްކާތެރި ކުރުމުގެ ޙައްޤުވެސް ކޮންމެ މީހަކަށްވެސް ލިބިގެންވާ ކަމަށެވެ. އެހެންކަމުން އަނެކާގެ އަބުރަށް ބެލުމެއް ނެތި ބޭނުން ވާހަކައެއް ދެއްކުމުގެ ފުރުސަތު އޮވެގެން ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއީ އެއްވެސް މީހަކަށް ލިބިގެންވާ ޙައްޤެއް ނޫންކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫންކަން، އަނެކާގެ އިއްޒަތާ އަބުރާ ޝަރަފަށް އަރައިގަތުމަކީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އޮތް މިނިވަންކަމެއް ނޫންކަން، ތިމާގެ ހިތަށް އަރާހާ އެއްޗެއް ދުލުން ބޭރުކޮށްލުމަކީ، ތިމަންނަ ހިތަށް އަންނަހާ އެއްޗެއް ގަލަމުން ލިއުމަކީ، އެހެންވީމާ އަތާއި ދޫ ރައްކާތެރި ކުރުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެވެސް ވާޖިބެއް،

ރައީސް އިތުރަށް ވިދާޅުވީ، ހިޔާލު ފާޅު ކުރުމުގެ މިނިވަންކަންވެސް އޮންނަންވާނެ ކަމަށާއި، އެ މިނިވަންކަން ލިބުމުގައި ހުދޫދެއްވެސް އޮންނަން ޖެހޭނެ ކަމަށެވެ. އަދި އެކަމުގައި ޒިންމާދާރުވާން ޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދު މުޖުތަމައުގެ ތެރެއިން ފެންނަމުންދާ މަންޒަރުތަކަށް ބަލާއިރު، އަނެކާގެ އަބުރަށް ބެލުމެއް ނެތް ކަމަށާއި، ތިމާ ކުރިއަށްދިއުމުން އެކަނި މިއަދު ބައެއް ފަރާތްތަކަށް ފުދޭ ކަމަށެވެ.

ތިމާ ބޭނުންވާ ކަންތައް ވަނިކޮށް ނިމުނީ، އަނެކާއަށް ވަރިހަމަ ހަމަ ކޮންމެ ގޮތެއް ވިޔަސް، އެޔެއް ނޫން ދިވެހިވަންތަ ކަމަކީ

ރައީސް ވިދާޅުވީ، މިއަދާ ހަމައަށް ޤައުމުގެ އަބްތާލުން ޤައުމު ގެނެސްދިނީ އެ ބޭނުމުގައެއް ނޫން ކަމަށެވެ. އަދި ޤައުމިއްޔަތު ދިރުވާ އާލާކުރާއިރު އެކަންކަމާމެދު ވިސްނަންޖެހޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: