ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯޓް ޓްރެއިނިންގ ސެންޓަރުގެ މަގްސަދަކީ، ދާއިރާގައި ފައިހަމަ ކުރުމަށް މުވައްޒަފުން ތަމްރީން ކުރުން: އެމްޕީއެލް

ޝެއާރކޮށްލާ ކަހަލަދޯ؟

ޕޯޓް ދާއިރާއަކީ ތަރައްގީވަމުންދާ ދާއިރާއަކަށްވުމާއެކު، އެ ތަރައްގީއާ ހަމައަށް ފައިހަމަކުރުމުގެ ގޮތުން ޕޯޓް ޓްރެއިނިންގ ސެންޓަރު ވުޖޫދުކުރެވިފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްޮިގުރާމުގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ ޑެޕިއުޓީ މެނޭޖަރު އާމިނަތު ލުބުނާ ވިދާޅުވި ގޮތުގައި، މި ވަގުތު އެމްޕީއެލްގައި 2500 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، ޕޯޓް ދާއިރާއަކީ ފުޅާވެ ތަރައްގީވަމުން އަންނަ ދާއިރާއެކެވެ. އެހެންކަމުން އެ ތަރައްގީއާ އެއްވަރަށް ފައިހަމަކުރުމުގެ ގޮތުން، މުވައްޒަފުންގެ އިލްމާއި ހުނަރު އަޕްޑޭޓްކުރުމަށްޓަކައި، ކުންފުނީގެ ކޯޕަރޭޓް އަދި ޓެކްނިކަލް މުވައްޒަފުންނަށް ތަމްރީނު ދިނުމަކީ މި ސެންޓަރުގެ މައިގަނޑު މަގްސަދު ކަމަށް ވިދާޅުވިއެވެ.

ޕޯޓް ޓްރެއިނިންގ ސެންޓަރުން ކުދި ތަމްރީނު ޕްރޮގްރާމުތަކުގެ އިތުރުން ކްރެޑިޓް ލެވެލްގެ ތަމްރީނު ޕްރޮގްރާމުތައްވެސް ކުރިއަށް ގެންދާ ކަމަށް ލުބުނާ ވިދާޅުވިއެވެ. އަދި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރުން، ރާއްޖޭގެ ސަރަހައްދުގައި މަސައްކަތްކުރާ އެހެނިހެން ޕޯޓް މަސައްކަތްތެރިންނަށްވެސް މި ސެންޓަރުން ތަމްރީނު ދީ، ސެޓްފިކެޓް ދޫކުރެވޭ ކަމަށް އެވެ.

އެމްޕީއެލްގެ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް ހުޝްމާ ވިދާޅުވި ގޮތުގައި، ސެންޓަރުން ދޭ ތަމްރީނުތަކުގެ ތެރޭގައި، ގިނަ މުވައްޒަފުން ހިމެނޭ ގޮތަށް އިން-ހައުސް ތަމްރީނުތައް ހިމެނެއެވެ. މި ތަމްރީނުތަކުގައި ޕޯޓް ދާއިރާގެ ފުންނާބު އުސް ފަންނުވެރިން މެދުވެރިކޮށް މުވައްޒަފުންނަށް އިލްމާއި ހުނަރު ފޯރުކޮށްދެވެއެވެ.

ހުޝްމާ އިތުރަށް ވިދާޅުވި ގޮތުގައި، ތަމްރީނުތަކުގައި ބޮޑު އިސްކަމެއް ދެވެނީ ސޮފްޓް ސްކިލްސްތަކަށެވެ. އަދި ރާއްޖޭގެ ލޯކަލް ތަމްރީނު އިންސްޓިޓިއުޓްތަކާ ގުޅިގެން ސެޓިފިކެޓް އަދި ލައިސަންސް ހޯދައިދިނުމަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމުތައްވެސް ކުރިއަށް ގެންދެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: