ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަނޫން ސެޓްފިކެޓް ހުށަހަޅާ މައްސަލަތައް ތަހުގީގުކޮށް، ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިން: ފުލުހުން

ޖޫން މަހު ވައްކަމުގެ އަދަދު ވަނީ މަދުވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހަކަށް އައިސް ވަޒީފާއާއި މަތީ ތައުލީމުގެ ފުރުސަތުތަކަށް އެދި ހުށަހަޅާ ސައްހަނޫން އެކަޑަމިކް ސެޓްފިކެޓްތަކުގެ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިކަމާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ޚާއްސަ ސަމާލުކަމެއް ދީގެން މައްސަލަތައް ތަޙުޤީޤުކޮށް، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.

މައްސަލައިގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް

ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމުގެ ސަބަބުން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް އޮތް އިތުބާރު ގެއްލި، އާންމު ޚިދުމަތްތަކުގެ ފެންވަރަށް ނޭދެވޭ އަސަރުކުރަމުންދެއެވެ. މީގެ އިތުރުން، މިފަދަ ޢަމަލުތަކުގެ ސަބަބުން ޤައުމުގެ އިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށްވެސް ސީދާ އަސަރުކުރެއެވެ. އަދި ޙައްޤުވާ ފަރާތްތަކަށް ލިބެންޖެހޭ ފުރުސަތުތައް ގެއްލި، ނުޙައްޤުން އެހެން ފަރާތްތަކަކަށް މަންފާ ލިބިގެންދެއެވެ.

ތަޙުޤީޤީ މަސައްކަތްތައް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން މި މައްސަލަތައް ތަޙުޤީޤުކުރުމުގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ދައުލަތުގެ އެހެނިހެން ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުންދެއެވެ. މިގޮތުން ތަޙުޤީޤުކުރެވުނު ގިނަ މައްސަލަތަކެއް ވަނީ ދަޢުވާކުރުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.

ޤާނޫނީ ނަޒަރަކުން

ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 310، 311، އަދި 312 ވަނަ މާއްދާގެ ދަށުން ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމާއި ބޭނުންކުރުމަކީ ޖިނާއީ ކުށެކެވެ. މި ކުށްތަކުގެ ތެރޭގައި ސައްހަ ލިޔުމަށް ބަދަލުގެނައުން، ނަކަލުކުރުން، އަދި ޝަޚްޞު އޮޅުވާލުން ހިމެނެއެވެ. މި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ވަނީ ވަޒީފާދޭ ފަރާތްތަކާއި ތަޢުލީމު ފޯރުކޮށްދޭ މުއައްސަސާތަކަށް ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލައަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކޮލިފިކޭޝަން ފްރޭމްވޯކުގެ އޮނިގަނޑުތަކަށް ޢަމަލުކުރުމަށާއި، ސެޓްފިކެޓުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެދިފައިވެއެވެ.

ސައްހަނޫން ސެޓްފިކެޓް ހުށަހެޅުމުގެ މައްސަލައަކީ މުޖުތަމަޢުގެ ފެންވަރާއި އިތުބާރަށް އަސަރުކުރާ ކަމަކަށްވާތީ، މިކަން ހުއްޓުވުމަށް އެންމެންގެ އެއްބާރުލުން މުހިންމެވެ. ޝައްކުކުރެވޭ ހާލަތްތަކުގައި އެމްކިއުއޭ ނުވަތަ ފުލުހުންގެ ޚިދުމަތަށް މައްސަލަ ހުށަހެޅުމަކީ ކޮންމެ ރައްޔިތެއްގެވެސް ޒިންމާއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: