ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގެ ހަތިޔާރަކަށް، ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމުގެ އަމަލު ރާއްޖެއިން ކުށްވެރިކޮށްފި!

ފޮޓޯ: މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި، އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖެއްސުމުގެ އަމަލު ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފިއެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ އަރަބިއްޔާގެ ޖިއްދާގައި ޙާރިޖީ ވަޒީރުންގެ ފެންވަރުގައި ވަނީ އެކްޓްރާއޯޑިނަރީ ބައްދަލުވުމެއް ބާއްވައިފައެވެ. އެގޮތުން، މި ބައްދަލުމުގައި، ރާއްޖޭގެ ހާރިޖީ ވަޒީރު، ޑރ. ހަލީލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގެ މަގްސަދަކީ، ފަލަސްތީނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް، ފަލަސްތީނުގެ ޣައްޒާއަށް ކާބޯތަކެތި ވެއްދުން، އިންރާއީލުން މަނާކޮށް، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސުމުގެ އަމަލާއި، އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް މުޅި ޣައްޒާ ގެންދިއުމަށް، އިސްރާއީލުން ނިންމައިފައިވާ ނިންމުމާއި ދެކޮޅަށް އަޑުއުފުލުމެވެ.

މި އެކްޓްރާއޯޑިރަނީ ބައްދަލުވުމުގައި، މިނިސްޓްރ ހަލީލުވަނީ ތަގުރީރެއް ދެއްވައިފައެވެ. އެގޮތުން، އެ ތަގުރީރުގައި، ހަނގުރާމައިގެ ހަތިޔާރެއް ނުވަތަ އުކުޅެއްގެ ގޮތުގައި އިސްރާއީލުން ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއިރު، މުޅި ޣައްޒާގެ ހިންގުމާއި، އެ ސަރަހައްދުގެ ބާރު އިސްރާއީލުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެންދިއަށް، އިސްރާއީލުން ނިންމައިފައިވާ ނިންމުމަކީ، ޣައްޒާގެ ރައްޔިތުންގެ އަމިއްލަ ބިމުން ފޭބުމަށް މަޖުބޫރުކުރުން އަޅައިފައިވާ ފިޔަވަޅެއް ކަމަށް މިނިސްޓަރ ހަލީލު ފަހާގަކުރެއްވިއެވެ. އަދި، އިސްރާއިލުން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކަކީ، ބައިނަލްއަގްވަމީ ގާނޫނުތަކާ ހިލާފު ކަމެއްކަމުގައިވެސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ފަލަސްތީނުގައި ކެނޑިނޭޅި އިސްރާއިުލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގްވަމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތް ކުރެވިފައި ނުވާކަން މިނިސްޓަރ ހަލީލް ފާހަގަކުރެއްވިއެވެ. އަދި އެއީ، ކަންބޮޑުވާކަމެއްކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ހަލީލު ވަނީ، ޣައްޒާގެ ހުރިހާ ސަރަހައްދަކަށް ރައްކާތެރިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި، އަދި ހުއްޓުމެއްނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވައިފައެވެ.

ހަމައެއާއިއެކު، ފަލަސްތީނުގެ ރައްޔިތުންނަށް، އެ މީހުންގެ ހައްގުތައް ހޯދައިދިނުމަށް ރާއްޖެއިން ތާއަބަދަށް މަސައްކަތްކުރާނެކަމުގެ ޔަގީން މިނިސްޓަރ ހަލީލު ދެއްވިއެވެ. އަދި، 1967 ވަނަ އަހަރުގެ ކުރިން، ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ، ފަލަސްތީނުގެ ތެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެ ސަރަހައްދަކީ، ފަލަސްތީނުގެ މިނިވަން އަދި އަމިއްލަ ސިޔާދަތި ބާރު ހިނގާ ދައުލެއްގެ ގޮތުގައި، ފުޅާ ދާއިރާއެއްގައި ދުނިޔޭގެ ގައުމުތަކުން ބަލައިގަތުމަށް، ބައިނަލްއަގްވަމީ މައިދާންތަކުގައި ރާއްޖެއިން އަބަދުވެސް ވަކާލާތުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ހަލީލު ވަނީ، ފަލަސްތީނަކީ، މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި ބައިގަތުމަކީ، މެދުއިރުމަތީގެ ސުލްހައާއި، އިންސާފު ގާއިމުކޮށް، ދެމެހެއްޓުމަށް މުހިއްމު ކަމެއް ކަމަށާއި، އަދި މިކަން ހާސިލްކުރުމަށް އޯ.އައި.ސީގައި ހިމެނޭ ހުރިހާ ގައުމުތައް ގުޅިގެން، މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.

ފަލަސްތީނާއި ދެކޮޅަށް، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ފަލަސްތީނަށް ހައްގުވާ ބިން ނިގުޅައިގަތުމާއި ދެކޮޅަށް ރާއްޖެއިން ބައިނަލްއަގްވަމީ މައިދާންތަކުގައި ގޮވާލަމުންދެއެވެ. އަދި، އިސްރާއިލުން، ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ އަނިޔާވެރި އަމަލުތައް ކުއްވެރިކޮށް، އެ އަމަލުތައް ކުރުން ހުއްޓުމަށްވެސް ގޮވާލަމުންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: