ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓާ ޕާކު ސަރަހައްދުން މަރުވެފައި އޮއްވައި ފެނުނީ ގެއްލިގެން ހޯދި ނޭޕާލް މީހާ ކަމަށް ބެލެވޭ: ފުލުހުން

ވޯޓާ ޕާކު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ ވޯޓާ ތީމް ޕާކު ސަރަހައްދުން މަރުވެފައި އޮއްވައި ފެނިފައިވާ މީހާއަކީ ގެއްލިގެން ހޯދަމުންދާ ނޭޕާލް މީހާކަމަށް ބެލެވޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މަރުވެފައި އޮއްވާ ފެނުނީ ފިރިހެނެއް ކަމަށާއި ނަމަވެސް އެއީ ކާކުކަން އަދި ދެނެނުގަނެވޭ ކަމަށެވެ.

އެހެންނަމަވެސް، އެއީ ގެއްލިގެން ހޯދަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާނުކުރި ބިދޭސީ މީހާ ކަމަށް ބެލެވިދާނެ ކަންކަން ތަހުގީގަށް މިހާތަނަށް ފެނިފައިވާ ކަމަށާއި، އެއީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ. 

ފުލުހުން މައުލޫމާތު ދޭ ގޮތުގައި އެ މީހާގެ ހަށިގަނޑު ވަނީ ”ޑީކޮމްޕޯޒް“ ވެފައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ 29 އަހަރުގެ ނޭޕާލް ފިރިހެނެއް ގެއްލިގެން ހޯދަން އިއުލާނުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ އިތުރު މަޢުލޫމާތު ލިބުމުން އާންމުކުރާނެ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: