ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭކުރެންދޫގައި ޖަލެއް އަޅަން ދޫކުރި ބިން އަނބުރާ ކައުންސިލަށް؛ ރައީސްގެ އެދުމަކީ ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހެޅުން

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ. ނޭކުރެންދޫގައި ޖަލެއް އެޅުމަށް ދޫކުރި ބިން އަނބުރާ ކައުންސިލަށް ހަވާލުކޮށްފައިވާއިރު، ރައްޔިތުންނާއި ރަށަށް އިގްތިސާދީ މަންފާ ލިބޭނެ ކަންކަން ހިމަނައި ރަނގަޅު ޕްރޮޕޯސަލްއެއް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ހދ. އަތޮޅުވެ ރަށްތަކަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގެ ތެރޭގައި، ރަށްތަކުގައި މުހިންމު އެކި މަޝްރޫއުތައް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. އޭގެ ތެރޭގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތަކުގެ އިތުރުން ހޮސްޕިޓަލްގެ އައު އިމާރާތް އަދި ކައުންސިލް އިމާރާތުގެ ބިންގާ އަޅައިދިނުން ހިމެނެ އެވެ.

ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ވަކި މުއްދަތެއްގެ ކުރިން ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމު ކުރުމާއި، ޕޮލިސް ޕޯސްޓު ގާއިމުވެފައި ނެތް ރަށްތަކުގައި އެ ހިދުމަތް ފެށުން ހިމެނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދުގެ ތިންވަނަ ރަށެއްގެ ގޮތުން ނޭކުރެންދޫއަށް ވަޑައިގެން ރައީސް ވިދާޅުވީ، ރައްޔިތުންގެ ހުރި އެކި ކަންބޮޑުވުންތައް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ. އެގޮތުން ރަށުގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރަން ޖެހޭ އިރު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ މަޝްރޫއު ކުރިޔަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ދާއިރާތަކުގެ ތެރޭގައި ތައުލީމީ ދާއިރާ ތަރައްގީ ކުރުން ހިމެނެ އެވެ. އެގޮތުން ކްލާސް ރޫމްގެ ދަތިތައް ބައެއް ސްކޫލުތަކަށް ދިމާވެފައި ވާތީ އެ މައްސަލަ ހައްލު ކުރުމާއި އެކު މަލްޓި ޕާޕަސް ހޯލް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެކަމުގައި ރައީސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާއާއި ގުޅޭގޮތުން ރައީސް ވިދާޅުވީ، ރަށުގައި އަފްގްރޭޑް ކުރެވޭ ބަޔާއި އެކު ރަށުގެ ރައްޔިތުންނަށް އޭގެ ސަބަބުން ވަރަށް ގިނަ ލުއިފަސޭހަތައް ލިބިގެންދާނެކަމަށެވެ.

ކުޅިވަރުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ފުޓުބޯޅަ ދަނޑުގައި ލައިޓު ޖެހުމާއި، އެ ނޫން ވެސް ބޭނުންވާ ވަސީލަތްތައް ގާއިމު ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

މި ދެންނެވި މަޝްރޫއުތަކުގެ އިތުރަށް އެހެނިހެން ކަންކަން ވެސް ކުރިޔަށް ދާނެ.. އަޅުގަނޑު ވައުދުުވެފައި ހުރި އެހެނިހެން ކަންކަން ވެސް މީގެ ތެރޭގައި އެބަހުރި

އެގޮތުން ރައީސް ފާހަގަކުރެއްވީ އިގްތިސާދީ ގޮތުން ނަފާ ހޯދައިދިނުމަށް ކައުންސިލުން ރައްޔިތުންގެ މަޝްވަރާއާއި އެކު ހުށަހަޅާ ކަންކަމަށް އިޖާބަ ދޭނެކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން ޖަލެއް އެޅުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް އަނބުރާ ހަވާލުކޮށްފައިވާއިރު އެ ބިމުގެ އިގްތިސާދީ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށް ރައީސް އެދިވަޑައިގެތެވެ. ރައީސް ވިދާޅުވީ ބިން ބޭނުން ކުރާނެ ގޮތަކީ ކޮބައިތޯ ބަލައި، ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ވިދާޅުވީ ބިން ބޭނުން ކުރާނެ ގޮތުގެ ރަނގަޅު ޕްރޮޕޯސަލްއެއް ކައުންސިލުން ހުށަހެޅުމުން، ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދޫކުރާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: