ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖުގެ ތައްޔާރީތައް ބާރަށް ކުރިއަށްދޭ: ޙައްޖު ކޯޕަރޭޝަން

ކުރިއަށް އޮތް ޙައްޖު 1447 އަށް ފުރިހަމަ އަށް ތައްޔާރުވުމަށް މަސައްކަތް ފަށާފައިވޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ޙައްޖު 1447 އަށް ފުރިހަމަ އަށް ތައްޔާރުވުމަށް މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ޙައްޖަށް ސަޢޫދިޢަރަބިއްޔާގެ ކަމާއި ގުޅޭ އެކިއެކި ވުޒާރާތަކާއި މުވައްސަސާތަކުން ތައްޔާރުވަމުން ދާ މި ދަނޑިވަޅުގައި ދުނިޔޭގެ މުސްލިމުން ދިރިއުޅޭ ހުރިހާ ދިމާއަކުން ވެސް އެޤައުމުތަކުން ވަމުންދާ ތައްޔާރީތަކެކޭ އެއްފަދައިން ދިވެހިރާއްޖެ އިން ވެސް ދަނީ ތައްޔާރުވަމުންނެވެ.

ދިވެހިރާއްޖެ އިން ޙައްޖަށް މީހުންގެންދިއުމަށް ދިވެހި ސަރުކާރުން މަތިކޮށްފައިވަނީ ހަމައެކަނި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި ކަމަށްވާތީ އެކަމަށް ޓަކައި އެ ކުންފުނިން މިވަނީ ކުރިއަށް އޮތް ޙައްޖަކީ އެހެނިހެން އަހަރުތަކުގެ ތަޖްރިބާގެ އަލީގައި ފުރިހަމަ އަދި ކާމިޔާބު ޙައްޖަކަށް ހެދުމަށްޓަކައި މިހާރުން ފެށިގެން މަސައްކަތް ފަށާފައެވެ.

މިހާތަނަށް ކުރެވިފައިވާ ބައެއް މަސައްކަތްތަކަށް ބަލާއިރު، ސަޢުދީ ސަރުކާރުން ނަގަންޖެހޭ ބައެށް ހުއްދަތަތައް ނަގާ އަދި މިނާ އަދި ޢަރަފާތުގެ ރަނގަޅު ޙިސާބަކުން ޙައްޖު ދުވަސް ވަރުގައި ޙައްޖުވެރިން ބެއިތިއްބުމަށް ފޭލިގެ ޖަހަން ބިން ހޯދުމަށްޓަކައި ސަޢުދި ޢަރަބިއްޔާގެ އިސް ފަރާތްތަކާއި އެކު ބައްދަލުވުން ތަކެއް ބޭއްވިފައިވެއެވެ. އެގޮތުން އެ ބައްދަލުވުންތައް ބޭއްވުމަށްޓަކައި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރް އަލްފާޟިލް މުޙައްމަދު ޝަކީލް، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްއުސްތާޛް ޢަލީ ޝަރީފް އަދި ޙައްޖު ޢުމްރާ އޮޕަރޭޝަންސް މެނޭޖަރ އަލްފާޟިލް ޢިރްފާން އަންވަރު ވަނީ މިމަހުގެ ކުރީކޮޅު ސަޢުދީޢަރަބިއްޔާ އަށް ޒިޔާރަތް ކުރައްވާފައެވެ.

ކުރިއަށް މިއޮތް ޙައްޖަށް ކިޔޫލިސްޓުގައި ހިމެނިވަޑައިގެންފައިވާ ފަރާތްތަކަށް ފާއިތުވި ބުދަ ދުވަހުން ފެށިގެން މިހާރުވަނީ ހޮވުނުކަމުގެ ލިޔުން ޙަވާލު ކުރަންފަށާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: