ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ދެއްވި ޔަގީންކަން؛ ނިލަންދޫގެ އެއާޕޯޓު ދެ އަހަރައި ބައިގެ ތެރޭގައި ނިމި ރައްޔިތުންނަށް ލިބޭނެ!

ރަައީސް ޑރ. މުހައްމަދު މުއިއްޒު ނިލަންދޫ ކައުންސިލާއި އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފ. ނިލަންދޫގެ އެއާޕޯޓުގެ މަސައްކަތް އެންމެ ގިނަ ވެގެން ދެ އަހަރާއި ބައިގެ ތެރޭގައި ނިންމައި ރައްޔިތުންގެ ހުވަގެން ހަގީގަތަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫގައި މިރޭ އޮތް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ނިލަންދޫ އެއާޕޯޓު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެވި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ވަނީ ހަވާލު ކުރެވިފަ އެވެ.

ނިލަންދޫގެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިދިޔަ އަހަރު ހަވާލުކޮށް ކުރިޔަށް ގެންދިޔައީ އެމްޓީސީސީންނެވެ. އަދި އެ ކުންފުންޏާއި ހަވާލު ކުރި މަސައްކަތް ވަނީ ނިމުމަކާއި ގާތްވެފަ އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެއާޕޯޓު އެޅުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންގޮސް ޕްރޮޖެކްޓުގެ ވަރަށް ބޮޑު ބައި ނިމިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެމްޓީސީސީން މި މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ހިސާބު ގާތްގަނޑަކަށް 1،500 މީޓަރަށް ދިގުގެ މިނުގެ ރަންވޭއަށް ވާރަަށް ހިއްކާ ނިމުމާއި ގާތްވެފައިވާކަމަށެވެ.

މި ޕްރޮޖެކްޓަށް 300 މީޓަރު އިތުރު ކުރުމަށް ނިންމާފައި ވާތީ، ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިމޭއިރު އެ އަދަދު ޖުމްލަ 1،800 އަށް އަރާނެކަމަށް ރައީސް ވިދާޅުވި އެވެ.

އެމްޓީސީސީއަށް ހަވާލު ކުރެވިފައިވާ މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ، ބިން ހިއްކުމަށާއި، ރިވެޓްމަންޓު ޖެހުމެވެ. އެއަށް ފަހު މިއަދު އެމްއޭސީއެލްއާއި އެކު ސޮއި ކުރެވިގެން ދިޔައީ ސިވިލް ކޮންސްޓްރަކްޝަން މަސައްކަތްކޮށް އޮޕަރޭޓު ކުރުމަށްކަމުގައި ރައީސް ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން ނިލަންދޫގައި އެންމެ ޒަމާނީ ފެންވަރުގެ ފުރިހަމަ އެއާޕޯޓެއް ގާއިމު ކުރެވިގެން ދާނެކަމަށެވެ.

މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސް.. ދެ އަހަރާއި ބައިގެ ތެރޭގައި.. އެންމެ ގިނަވެގެން ދެ އަހަރާއި ބައިގެ ތެރޭގައި މި އެއާޕޯޓު ނިންމައި ތިބޭފުޅުންނަށް ލިބިގެން ދާނެ.. އެ ޔަގީންކަން އަޅުގަނޑު ތިބޭފުޅުންނަށް ދެން.. އެހެންވީމަ ބައްލަވާ އެއަށް ވުރެ އަވަސް ވެސް ވާނެކަމަށް..

ނިލަންދޫގައި އަޅާ އެއާޕޯޓު މި ރަށާއި އަތޮޅުގެ ތަރައްގީއަށް ނުހަނު ބޭނުންތެރިކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން ކުރަމުން ދަނީ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަރައްގީ ގެނެސްދިނުމުގެ މަސައްކަތެވެ. އަދި ރިޔާސީ އިންތިހާބުގައި އިއުލާނު ކުރި މެނިފެސްޓޯގައި ހިމެނިފައިވާ ގޮތުގެ މަތީން އެ ސިޔާސަތު ތަންފީޒު ކުރުމުގެ މަސައްކަތް ކުރެވޭނެކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ކަނޑައެޅޭ ވަކި ރަށްތަކެއްގައި އާބަން ސެންޓަރުތަކެއް ކަނޑައަޅައި އެ ފެންވަރަށް ތަރައްގީ ކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ. މިއީ އެގޮތުގެ މަތީން މަޝްރޫއު އިއުލާނު ކުރެވޭ އެއް ރަށްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންނަށް ވީ ވައުދުތައް ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އަދި އެއާޕޯޓު އެޅުމަކީ އޭގެ ތެރެއިން އެއް އުންމީދުކަމަށާއި އެއާއި އެކު އިތުރު އެހެނިހެން އެތައް މައްސަލައެއް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ނިލަންދޫގައި ކުރިޔަށް ދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: