ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީިޑިއާ ކޮމިޝަންގެ ވަގުތީ ކޮމިޓީ އެކުލަވާލައިފި

މީޑިއާ ރެގިއުލޭޓަރީ ބިލާ ގުޅޭގޮތުން ނޫސްވެރިން އިހުތިޖާޖުކުރުން- ފޮޓޯ ސަންގުޓީވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މީޑިއާ ކޮމިޝަނުގެ ވަގުތީ ކޮމިޓީ އެކުލަވާލައިފިއެވެ.

މީޑިއާ ކޮމިޝަނަކީ ޤާނޫނު ނަންބަރު 16/2025 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު) ގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދާފައިވާ ކޮމިޝަނެކެވެ.

ޤާނޫނުގައިވާ ގޮތުގެ މަތީން ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން” އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ 5 (ފަހެއް) މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ. އަދި އެ ފަސް މެމްބަރުން ވާން ޖެހެނީ ސިވިލް ސާވިސް ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުންނަށް ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އެ ކޮމިޓީގެ މެމްބަރުން މިހާރު ވަނީ އައްޔަނުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަލީ ޒަކީ، ޑިރެކްޓަ ޖެނެރަލް/ ސްޕޯޓްސް މިނިސްޓްރީ، އަހުމަދު މައުސޫމް، ޑިރެކްޓަ ޖެނެރަލް/ ސިޓީސް މިނިސްޓްރީ، އާމިނަތު ނަސީރު، ޑިރެކްޓަ ޖެނެރަލް/ އިސްލާމިކް މިނިސްޓްރީ، އާމިނަތު ޝާހިދާ، ޑިރެކްޓަ ޖެނެރަލް/ އިކޮނޮމިކް މިނިސްޓްރީ އަދި އިމާދު މުހައްމަދު، ޗީފް ކޯޕަރޭޓް އެގްޒެކެޓިވް (ގައުމީ އަރުޝީފު، ޔޫތު މިނިސްޓްރީ) އެވެ.

މި ކޮމިޓީއަށް ކުރެވޭ މަސައްކަތްތަކަށް ބަލާއިރު، އިދާރީ މަސައްކަތްތަކާއި، މައްސަލަ ބަލައިގަތުން ހިމެނެއެވެ. ނަމަވެސް މައްސަަލަތައް ބަލައި ގޮތް ނިންމުމާއި ފިޔަވަޅު އެޅުމަކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫނެވެ.

މި ޤާނޫނުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމާއި، ނޫސްވެރިންނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތައް ޒިންމާދާރުކަމާއެކު ބޭނުންކުރާކަން ކަށަވަރުކުރުމުގެ ގޮތުން މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއިފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިންގ މީޑިއާ ވެސް ހިމެނޭގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: