މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެންމެ ގިނައިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކްލިއާ ކުރި މުދަލުގެ ތެރޭގައި ހިމެނެނީ ބިސްކަމަށް އެ ކުންފުނިން މައުލޫމާތުދީފިއެވެ.
ކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އޮގަސްޓް މަހު މުދާ ކްލިއާ ކުރި އަދަދު ޖުލައި މަހާއި އަޅާބާލާއިރު، އިތުކަމަށްވާއިރު، އެމްޕީއެލްއިން ޖުލައި މަހު 6،320 ޓީއީޔޫސް (ޓްވެންޓީ–ފޫޓް އިކުއިވަލަންޓްޔުނިޓްސް) ކްލިއާ ކޮށްފައިވާއިރު، އޮގަސްޓްގައި ވަނީ ޖުމްލަ 6،663 ޓީއީޔޫސް ކްލިއާކޮށްފައެވެ.
މިއީ ޖުލައި މަހާއި އަޅާބަލާއިރު، 5 އިންސައްތަ އިތުރު އަދަދެކެވެ.
އޮގަސްޓް މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 20 ފޫޓުގެ 2،607 ކޮންޓެއިނަރާއި، 40 ފޫޓުގެ 2،028 ކޮންޓެއިނަރު ކްލިއާ ކުރިއެވެ. މި މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ޚިދުމަތް ހޯދި އުޅަނދުފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 14 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.
ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން އޮގަސްޓް މަހު ކްލިއާ ކުރީ ބިސްކަމަށްވާއިރު، 71،037 ކޭސް ބިސް ކްލިއާ ކޮށްފައިވެއެވެ. އަދި 55،581 ބަސްތާ ފިޔާ، 31،966 ބަސްތާ ކަރާ، 24،225 ބަސްތާ އަލުވި،16،918 ބަސްތާ ޓޮމާޓޯ، 12،384 ބަސްތާ އަލަނާސި، 12،400 ބަސްތާ ކެބެޖް،10،949 ގަނޑު ދޮންކެޔޮ، 3،687 ބަސްތާ ފޮނި ކެކުރި އަދި 5،583 ބަސްތާ ބަރަބޯ ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއާ ކޮށްފައި ވެއެވެ.

