ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް އދގެ މައިމަރުކަޒަށް ވަނުމުގެ އިންތިޒާމުތައް ހަމަނުޖެއްސިކަމަށް ބުނެ ފަތުރަމުންދަނީ ދޮގެއް: ފޮރިން މިނިސްޓްރީ

ކުރީގެ ހާރިޖީ ވަޒީރު ޑރ އަބްދުﷲ ހަލީލް
ޝެއާރކޮށްލާ ކަހަލަދޯ؟

އދގެ މައި މަރުކަޒަށް ވަނުމަށްޓަކައި ފޮރިން މިނިސްޓްރީން ފާހެއް ހޯދަން އެޅުމުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އެކަން ފަހިނުކޮށްދިންކަމަށް ބުނެ ދެކެވެމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން އާންމުކުރި ސިޓީއެއްގައި ބުނެފައިވާގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީންވަނީ އެމަނިކުފާނަށް އދގެ މައި މަރުކަޒަށް ވަނުމަށް ފާހެއް ހަމަޖައްސައިދިނުމަށް އިންކާރުކޮށްފައެވެ. ނަމަވެސް ސީވީއެފްގެ އިސް ވެރިއެއްގެ ހައިސިއްޔަތުން އެމަނިކުފާނަށް އިންތިޒާމުތައް ހަމަޖެހިގެންދިޔަކަމަށެވެ.

މިކަމަށް އަލިއަޅުވައި މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާގޮތުން އދގެ އާންމު މަޖިލީހުގެ ހަވާސާގައި ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް އެ ޖަމްއިއްޔާގެ މައި މަރުކަޒަށް ވެންނެވުމަށް ރައީސް މުހައްމަދު ނަޝީދަށް ބޭނުންފުޅުވާ ފާސް ހޯދުމަށް އެ މަނިކުފާނުގެ އޮފީހުން މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވެއެވެ.

އެމަނިކުފާނަކީ ރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްކަމަށްވުމުން ކުރީގެ ރައީސުންނަށް އަރުވަންޖެހޭ ފުރިހަމަ ޢިއްޒަތް އެމަނިކުފާނަށް އަރުވަމުންގެންދާކަމަށް ބުނެފައިވެއެވެ. މިގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކުގެ ދަށުން، ބޭރުގެ ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް މި މިނިސްޓްރީއާއި އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކާ ގުޅިގެން  މިހާތަނަށް ވެސް ވާނީ ހަމަޖައްސާފައިކަމަށާއި ކުރިއަށް އޮތްތާނގައިވެސް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ކަނޑައެޅިފައިވާ އުޞޫލުތަކުގެ ތެރެއިން ހަމަޖައްސަމުން ގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: