ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރު ފަންޑުގެ މަޝްރޫއުތައް ޕްރޮކިއުމަންޓާއި ހުރެ ލަސްވޭ، އެކަންކަން ހައްލު ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

 

ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް މުއިއްޒު މިވަގުތު ހުންނެވީ  ތ. އަތޮޅުގަ އެވެ. އެގޮތުން މިއަދުގެ ހަވީރު މަޑިފުށިއަށް ވަޑައިގެން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވައުދުވެފައި ވަނީ އެކަންކަން ތަންފީޒު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަމާއި އެކުކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކުރިޔަށް ގެންދާނެކަމަށް ބުނެ، މެނިފެސްޓޯގައި ނުކުރެވޭނެ އެއްވެސް ކަމެއް ހިމަނާފައި ނުވާނެ އެވެ.

ވޭތުވެ ދިޔަ ދޮޅު އަހަރެއްގެ ތެރޭގައި ސަރުކާރަށް ދިމާވީ އެކި ދަތިރަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ އިތުރު ލޯނުތައް ނުނަގައި، ފައިސާ ޗާޕުނުކޮށް ހިދުމަތް ދިނުމަށް ކަމަށެވެ. އެހެން ނަމަވެސް މިހާރު ހާލަތުން އަރައިގެންވުމާއި އެކު، އޭގެ ނަތީޖާތައް ފެންނަން ފަށައި ސަރުކާރުން ރައްޔިތުންނަށް ބޭނުންވާ އެކިއެކި މަޝްރޫއުތައް ކުރިޔަށް ގެންގޮސް ތަންފީޒު ކުރަން ފަށާފައިވާކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިއަދު ރަށުގައި އިފްތިތާހު ކުރެވުނު ކޮންމެ ކަމެއް އެއީ ރައްޔިތުން ނުހަނު ބޭނުންވެފައިވާ ޕްރޮޖެކްޓުތައް ކަމަށެވެ. އެގޮތުން މަގު ހެދުމުގެ މަސައްކަތް މިއަދު ފެށިގެން ދިޔަ އިރު ރައްޔިތުން މީގެ ކުރިން އުފުލަމުން އައި ދަތިތައް މީގެ ކުރީގައި ހައްލުވެފައި ނެތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިއީ ބާރު ދުވެލީގައި ކުރިޔަށް ދާނެ މަޝްރޫއުތައްކަމުގެ ޔަގީންކަން އަޅުގަނޑު ދެން…

މީގެއިތުރުން ރަށުގައި އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރިއިރު، ބައެއް މީހުން މިއީ ވަރަށް ކުޑަކަމެއްގެ ގޮތުގައި ދެކޭކަަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މިއީ ހަގީގަތުގައި ރައްޔިތުން ބާރުވެރިވެ، ގެނެވޭ އަސްލު ތަރައްގީކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރަށުގައި މިއަދު ފެށުނު މަޝްރޫއުތައް ރަނގަޅު ގޮތުގައި ކުރިޔަށް ދާނެކަމަށެވެ.

މިހާރު ނިމުމަކާއި ގާތްވެފައިވާ މަޝްރޫއުތައް ހުރި އިރު ބޭރު ފަންޑަކުން ކުރިޔަށް ގެންދާ އައިސް ޕްލާންޓުގެ މަސައްކަތް ފާހަގަކުރެއްވި އެވެ.

މި މަސައްކަތަކީ ސަރުކާރުގެ ލޯކަލް ބަޖެޓުން ކުރިޔަށް ގެންދާ މަޝްރޫއުއެއް ނޫންކަމަށް ރައީސް ވިދާޅުވި އެވެ. ބޭރުގެ ފަންޑުތަކުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގައި ލަސްތަކެއް އަންނަނީ ޕްރޮކިއުމަންޓުގެ ސަބަބުން ނަމަވެސް އެކަންކަން ހައްލު ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވި އެވެ.

ދެން އެގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެބަހުރި ބޭރު ފަންޑުގެ މަޝްރޫއު.. ބޭރުގެ ފަންޑުތަކުން ތަރައްގީ ކުރާ. ބޭރުގެ ފަންޑަށްވާ ގޮތަކީ، އެ ފަންޑު ދޭ ފަރާތުގެ އުސޫލު ފޮލޯ ކުރަން ޖެހޭ.. ޕްރޮކިއުމަންޓު އުސޫލު އެހެން ނޫނިއްޔާ އެ އޮންނަ ޕޭމަންޓު އުސޫލު.. މީގެތެރެއިން ޑިލޭތަކެއް އެބަހުރި އައިސްފައި، ދެން ސަރުކާރުން މަސައްކަތް މި ކުރަނީ އެކަން އަވަސް ކުރެވޭނެ ގޮތެއް ވޭތޯ..

ރައީސް ވިދާޅުވީ ބޭރުގެ ފަންޑުން ކުރިޔަށް ގެންދާ މަޝްރޫއުތަކުގައި ބައެއް ފަހަރު ދިމާވާ އެކި ލަސްތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަންޖެހޭ މަސައްކަތްތައް ކުރިޔަށް ގެންދާކަމަށެވެ.

މިގޮތަށް ލަސްތަކެއް އައިސްފައިވާ މަޝްރޫއުތައް ވެސް ދޫކޮށް ނުލައި، ކުރިޔަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: