ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަމަނުޖެހުން އުފެއްދުމުގެ މާޒީއަށް ދިއުމެއް ނެތް، ގައުމު ހަލާކުވާން ރައްޔިތުން ނޭދޭ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން ކަނޑައެޅި ޕްލޭނާއި އެއްގޮތަށް ހުރިހާ މަސައްކަތެއް ވެސް ކުރިޔަަށްދާއިރު، އެއްވެސް ޕްރޮޖެކްޓެއް ޕްލޭނެއް ނެތި އިއުލާނުކޮށް ވައުދު ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ރައީސް ހުންނެވީ ތ. އަތޮޅުގައެވެ. އަދި މިރޭގެ ބޮޑު ޖަލްސާ ކުރިޔަށް ގެންދިޔައީ ތ. ވިލުފުށީގަ އެވެ.

މި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ ތާވަލަށް އެއްވެސް ބަދަލެއް ނައިސް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ހުރިހާ ކަމެއް ވެސް ރޭވުންތެރިކަމާއެކު ކުރިޔަށްދާ ކަމަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ގައުމުގެ ކަންކަން ހަލާކުކޮށް، މާޒީގެ ކަންކަމަށް ރައްޔިތުން ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ހުރިހާ މަސައްކަތެއް ވެސް ކުރިއަށްދާ ކަމަށާއި، މިހާރު ރާއްޖޭގެ އަތޮޅުތަކުގައި ޕާސްޕޯޓާއި، އައިޑީކާޑުގެ ހިދުމަތް ތައާރަފު ކުރުމުގެ ސަބަބުން ވަރަށް ގިނަ ލުއިފަސޭހަތަކެއް ރައްޔިތުންނަށް ލިބެމުންދާ ކަމަށެވެ.

މީގެ ކުރިން މިފަދަ ހިދުމަތެއް ހޯދުމަށް މާލެ އައުމަށް ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭއިރު، އެ އެނޫން ގޮތެއް ރައްޔިތުންނަށް ނޯންނަކަމަށް ރައީސް ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރު ސަރުކާރުން ދަނީ އެކަންކަން ހައްލު ކުރަމުންކަމަށް ރައީސް ވިދާޅުވި އެވެ.

އޮކްޓޯބަރު މަސް ނިމެންވާއިރަށް މި ސިޔާސަތުގައި ސަރުކާރުން ކަނޑައެޅި ސިޔާސަތަށް އެބަ ވާސިލުވެވޭ. ސަރުކާރުން ކުރިން ކަނޑައެޅީ އަހަރު ނިމުމުގެ ކުރިން މި ހިދުމަތްތައް ހުރިހާ ރަށެއްގައި ގާއިމު ކުރުން ނަމަވެސް، ކަނޑައެޅި ތާރީހުގެ ކުރިޔަށް މި މަސައްކަތް މި ދަނީ ނިމެން. އޮކްޓޯބަރު މަސް ނިމެންވާއިރަށް ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތްވެސް ނިމޭނެ

ރައީސް ވިދާޅުވި ގޮތުގައި މިހާރު ހިދުމަތް ގާއިމުނުވެ އޮތީ ތިން އަތޮޅެއްގަ އެވެ. އަދި މި ތިން އަތޮޅުގައި ވެސް މަސައްކަތް ކުރިޔަށްދާނެކަމަށް ވިދާޅުވި އެވެވެ.

ރައްޔިތުންނަށް ދޭން އޮތް ޔަގީންކަމަކީ މިފަދަ ރައްޔިތުންނާ ގުޅުންހުރި ހުރިހާ މަސައްކަތެއް ފުރިހަމަކަމާއެކު ކުރިޔަށްދާނެ ކަމަށާއި، ރާއްޖޭގެ ހުރިހާ ރަށަކަށް ވެސް އޮތް ސިޔާސަތަކީ އެއްވެސް ރަށެއް، ރައްޔިތެއް ބާކީ ނުކޮށް ހިދުމަތް ދިނުންކަމަށް ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ސަރުކާރުން މި މަސައްކަތްތައް ކުރަމުން ދަނީ ރާއްޖޭގެ އިގްތިސާދު އޮތް ހާލަތު ވެސް ރަނގަޅު ކުރަމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވާރުތަވީ، އިންތިހާއަށް ނުރައްކާތެރި ހާލަތެއްގައި އޮތް ދަރަނިން ސަލާމަތްވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާކަން ވެސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވީއިރު ދަރަނި އޮތީ އިންތިހާއަށް ބޮޑުވެފައި ކަމަށެވެ. އެހެންވެ ފައިސާ ޗާޕު ނުކޮށް، ލޯނު ދައްކަމުން ކުރިޔަށް ދަނީ ހުރިހާ ހިދުމަތެއް ވެސް ރައްޔިތުންނަށް ލިބޭކަން ކަށަވަރުކޮށްކަމަށް ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ސަރުކާރުން މެނޭޖު ކުރަމުން ދަނީ އެތެރޭގެ ދަރަނި ވެސް ދައްކަމުން ކަމަށެވެ. އަދި އުމްރާނީ، އިޖްތިމާއީ އަދި އެކި ކަހަލަ މަސައްކަތްތައް ވެސް ކުރިޔަށް ދަނީ މި އަހަރު ތާވަލުކުރި ގޮތަށް ކަމަށް ވިދާޅުވި އވެ. މަސައްކަތްތައް މިހާރު ވެސް ކުރިޔަށް ދަނީ ސަރުކާރުން ޕްލޭން ކުރި ގޮތަށް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ސަރުކާރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ވެސް ތަރައްގީ ގެންނާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ބޮޑު އެހީތެރިކަމަކީ ގައުމުގައި ހަމަޖެހުން ގާއިމު ކުރުމުގައި، ރައްޔިތުން ދެމުންދާ ތާއީދު. އެއީ ފެންނަން ނެތް އެއްޗެއް ނަމަވެސް، އިހުސާސްވާ އެއްޗެއް

ރައީސް ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ގައުމަށް އުފާފާގަތި ހަމަޖެހޭ ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށެވެ. އެކަން ގާއިމުވެގެން ދަނީ އެންމެން އެކުގައި ކުރާ މަސައްކަތުން ކަމުގައި ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިން ގައުމުގައި މީގެކުރިން ފެނުނު ފަދަ ހަމަނުޖެހުމުގެ މަންޒަރުތައް އިތުރަށް ތަކުރާރު ފެންނާކަށް ރައްޔިތުން ބޭނުމެއް ނޫނެވެ. އަދި އެއްބަޔަކު އަނެއް ބަޔަކަށް ގައުމުގެ ކަންކަން ހަލާކުކޮށް، ނުވަތަ މާޒީގެ ކަންކަން ގެންނާކަށް ވެސް ބޭނުމެއް ނޫން ކަމަށެވެ. އެހެންކަމުން، މާނަވީ ގޮތެއްގައި ގައުމުގެ ހުރިހާ ކަމެއް ކުރިޔަށް އެމަނިކުފާނު އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: