ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި އެކްސިޑެންޓު މަދުކުރަން ސްޕީޑު ބްރޭކަރު ހަރުކުރަނީ

މަސައްކަތްތަކުގެ ތެރެއިން: ފޮޓޯ/ އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި ހިނގާ އެކްސިޑެންޓުތައް މަދުކުރުމުގެ މަޤްޞަދުގައި އެ ސަރަހައްދުގެ މަގުތަކުގައި އިތުރު ސްޕީޑު ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ..

އެޗްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަސައްކަތަކީ ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރުބޮޑުވެ، އެކްސިޑެންޓުތައް ހިނގުން މަދުކުރުމަށާއި، މަގުތަކުގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެވޭނެއެވެ.

އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަސައްކަތުގެ ތެރެއިން ހުޅުމާލޭގެ އެކި މަގުތަކުގެ 88 ތަނެއްގައި ސްޕީޑު ބަމްޕު ހަރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މި ވަގުތު އަމަލީ ގޮތުން ކުރިއަށްދަނީ ފޭސް 2 ގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ރޭވިފައިވަނީ ފުލުހުންނާއި އެޗްޑީސީއަށް އެއްކުރެވިފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކޮށްގެންނެވެ.

އެޗްޑީސީން އިތުރަށް ފާހަގަކުރި ގޮތުގައި، ހުޅުމާލޭގެ މަގުތަކުގައި ރައުންޑްއަބައުޓުތައް ޤާއިމުކުރުމާއި ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމުގެ މަސައްކަތަށް ރަސްމީ ސިފަ ޖެހިފައިވަނީ ނިމިދިޔަ އަހަރުގެ ތެރޭގައެވެ. މި މަސައްކަތްތައް ފުރިހަމަވުމުން މަގުތަކުގައި ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވުން މަދުވެ، ހިނގާ މީހުންނަށް އަމާން މާޙައުލެއް ޤާއިމުވެގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

”އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަނީ ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކުރުމަށް“ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: