ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަނޑިޔާރުންނަކީ އަހުލާގީ މިންގަނޑުތަކެއް ގެންގުޅޭ ބަޔަކަށް ވާންޖެހޭ: އުއްތަމަ ފަނޑިޔާރު

ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަނޑިޔާރުންނަކީ އާންމު ރައްޔިތުންނާއި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ވެރިންނަށްވުރެ މަތިވެރި އަޚްލާޤީ މިންގަނޑުތަކެއް ޤާއިމުކުރައްވަންޖެހޭ ބޭފުޅުންކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

ހައިކޯޓަށް އަލަށް އައްޔަންކުރެއްވި ފަނޑިޔާރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު  ފާހަގަކުރެއްވި ގޮތުގައި، ފަނޑިޔާރުކަމަކީ އެއްގޮތަކަށްވެސް ފަސޭހަ ކަމެއް ނޫނެވެ. އަދި އެކަމަކީ ފަސޭހަކަމެއްގެ ގޮތުގައި ބަލައިގެންނުވާނެ ކަމެއް ކަމަށާއި، ޢިލްމީ ގޮތުން ކިތަންމެ ޤާބިލުކަމަށްވީނަމަވެސް، ނުވަތަ ވިސްނުމުގެ ގޮތުން ކިތަންމެ ތޫނު ނަމަވެސް، ނޫނީ މަސައްކަތުގެ ދުވެލި ކިތަންމެ އަވަސްނަމަވެސް، މި މަސައްކަތްތައް އަދާކުރުމުގައި ރައްކާތެރިކުރަންޖެހޭ ޚާއްޞަ މިންގަނޑުތަކަކާއި ރިޢާޔަތްކުރަންޖެހޭ އުޞޫލުތަކެއް ހުންނަކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރެއްގެ މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭނީ އަދުލުވެރިކަމާއި އިންސާފުގެ ހަމަތައް އެންމެ ފުރިހަމައަށް ދެމެހެއްޓެނިވި ގޮތެއްގައި ކަމަށާއި، އެހެން ފަރާތްތަކުގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކުރެވޭނެ އުޞޫލުތަކެއްގެ މަތިން މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ. ރާއްޖޭގެ ފަނޑިޔާރުންނަކީ ރިވެތި ނަމޫނާއެއްގެ ބަޔަކަށް ވުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުން ކަމުގައި ވެސް ވިދާޅުވިއެވެ. އަދި ފަނޑިޔާރުކަމަށް ވަޑައިގަންނަވާ ކޮންމެ ބޭފުޅަކީވެސް އާންމު ރައްޔިތުންނާއި އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުގެ ބޭފުޅުންނާ ތަފާތު މިންގަނޑެއްގެ އަޚްލާޤެއްގެ ވެރިއަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވަނީ އިތުރަށް ހާމަކުރައްވާފައެވެ.

އެހެންކަމުން، ފަނޑިޔާރުންގެ އުޅުންތަކާއި ގުޅުންތަކަކީ ވަރަށް ހަނި ދާއިރާއެއްގެ ތެރޭގައި ހިމެނިފައި އޮންނަންޖެހޭ ކަންކަން ކަމަށް ފާހަގަކުރައްވަމުން، ފަނޑިޔާރުކަމަކީ ފަސޭހަކަމެއްގެ ގޮތުގައި ނުބެލުމަށް އެދިވަޑައިގަންނަވާ ސަބަބަކީވެސް އެއީކަމަށް ވިދާޅުވިއެވެ. ފަނޑިޔާރު އަބްދުލްޣަނީ ވިދާޅުވި ގޮތުގައި، ޙަޤީޤަތުގައި ވަރަށް ގިނަ ކަންތައްތަކެއް ލިމިޓްކުރަންޖެހޭނެއެވެ. އެހެންކަމުން، ކޮންމެ ފަނޑިޔާރަކުވެސް އެންމެ މަތީ ދަރަޖައިގައި އަޚްލާޤީ މިންގަނޑުތައް ގެންގުޅުއްވުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: