ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަތަރު އަތޮޅު، 31 ރަށް: 40 އެއްބަސްވުމެއްގައި ސޮއިކޮށް، 60 މަޝްރޫއެއް ފެށިގެން ދިޔަ!

ތ. އަތޮޅުގައި އާރް.ޓީ.އެލް ފެރީގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު އަތޮޅަކަށް ކުރެއްވި ދަތުފުޅާއި އެކު ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، ރަށްތަކަށް ބޭނުންވާ ތަރައްގީ ވަރަށް ގާތުން އެނގިގެން ދިޔަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހަތް ދުވަހުގެ ދަތުރުފުޅެއްގައި މި މަހުގެ 19 ގައި ފެއްޓެވި ދަތުރުތައް ރައީސް މުއިއްޒު ނިންމަވާލެއްވީ ހުކުރު ދުވަހުގެ ރޭގަނޑު ތ. ތިމަރަފުށީގައި ބޭއްވި ޖަލްސާއާއި އެކު އެވެ،

މި ދަތުރުފުޅުގައި ވ އަތޮޅާއި، މ އަތޮޅުގެ އިތުރުން ފ އަތޮޅާއި ތ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރައީސް ވަޑައިގަތެވެ. ޖުމްލަ 31 ރަށަކަށް ވަޑައިގެންނެވި މި ދަތުރުކީ ރައީސް މުއިއްޒު ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް މިހާތަނަށް ކުރެއްވި އެންމެ ދިގު ދަތުރެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގްސަދުކަމަށް ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ރައްޔިތުންގެ ހާލަތު ދެނެގަތުމާއި، ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ބައްލަވައި، އެކަންކަން އޮޅުންފިލުވުމެވެ. އަދި ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރުމާއި، އެކު ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ރަށްތަކުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓުތަކުގެ މައުލޫމާތު ދިނުމެވެ.

މި ދަތުރުފުޅުގެ ތެރެއިން ކުރިޔަށް ގެންދިޔަ ޖަލްސާތަކާއި އެކު، ރައީސް ވަނީ ރައްޔިތުންނަށް އެ ރައްޔިތުންނަށް ދިމާވާ ދަތިތައް ހުށަހެޅުމަށް ހުޅުވާލެވިގެން ވެސް ބޮޑު ބައްދަލުވުމެއް ކުރިޔަށް ގެންދަވާފައެވެ. އެގޮތުން ބައެއް ރަށްތަކުން ވަނީ ޕްރޮޖެކްޓުތައް ހުއްޓިފައި ހުރުމާއި، އެކި ދާއިރާތަކަށް ދިމާވަމުން އަންނަ ދަތިތައް ރައީސަށް ހުށަހެޅުއްވާފަ އެވެ.

އެއަށް ފަހު ކަމާއި ބެހޭ މިނިސްޓަރުން ނުވަތަ ކުންފުނިތަކުގެ އިސްވެރިންނާއި ރައީސް މުއިއްޒު ވެސް އެކަމަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަ އެވެ.

މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް ވިދާޅުވީ ވަރަށް ގިނަ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާކުރެވުނު ކަމަށެވެ. އަދި މި ދަތުރުގެ ސަބަބުން ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ރަނގަޅަށް ސާފުވެ، އަދި ކުރަން ހުރި ވަރަށް ގިނަ މަސައްކަތްތައް ދެނެގަނެވިފައިވާކަން ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ މާލޭގެ ފިނި ކޮޓަރީގައި ހުންނަވައި ގައުމުގެ ކަންކަމުގައި ގޮތް ނިންމެވުމަށް ވުރެ، އެމަނިކުފާނަށް މުހިންމީ ރައްޔިޔުންގެ ގާތަށް ގޮސް ކަންކަން ގާތުން ބެއްލެވުމެވެ.

މިދިޔަ ހަތް ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަޝްރޫއުތައް ފެށުމަށް އެއްބަސްވުންތަކުގައި ސޮއިކުރި އެވެ. އަދި އެކި މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް އަމަލީ ގޮތުން ޕްރޮޖެކްޓު ފައްޓަވައިދެއްވި އިރު، ނިމުނު ޕްރޮޖެކްޓުތައް ވަނީ އިފްތިތާހުކޮށްފަ އެވެ.

އެކަމުގެ ތަފާސްހިސާބުތައް ދެއްވައި ރައީސް ވިދާޅުވީ، މި ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ޖުމުލަ 40 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. މީގެއިތުރުން، 60 މަޝްރޫއެއް ފެށިގެން ދިޔައިރު، 24 މަޝްރޫޢެއް ނިމި އިފްތިތާހު ކުރިކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މި މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ މަޝްރޫޢު ކުރިއަށް ގެންދެވުނީ ތ. އަތޮޅުގައެވެ. ރައީސް ވިދާޅުވީ ތ. އަތޮޅަކީ ސަރުކާރުތަކުން އެންމެ ބޮޑަށް އަޅާނުލައި ދޫކޮށްލާފައިވާ ސަރަހައްދު ކަމަށެވެ. އަދި ވިދާޅުވީ ތ. އަތޮޅަކީ ޒަމާންތަކެއް ވަންދެން ތަރައްގީގެ ރާޑަރުން ކައްސާލާފައި އޮތް އަތޮޅެއް ނަމަވެސް މި ސަރުކާރުން ރާއްޖޭގެ ހުރިހާ ރަށެއް ވެސް ތަރައްގީގެ ރާޑަރަށް އަރުވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ހިދުމަޔް ކުރުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުއްވާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މި ދަތުފުޅުގެ ކާމިޔާބީތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ނެތް ވ، މ، ފ އަދި ތ އަތޮޅުގެ ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކުރެވުނުކަމަށް ވިދާޅުވި އެވެ.

މިއާއެކު، މި ހަތަރު އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް މިހާރު އޭޓީއެމްގެ ހިދުމަތް ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: