ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮންލައިން މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ދެކޮޅަށް ހިންގި ބައިނަލްއަގްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެއްޖެ

ފުލުހުންގެ 92 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ފުލުހުންގެ އިސްވެރިންނާ އެކު ގުރޫޕު ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އޮންލައިން މެދުވެރިކޮށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އެކްސްޕްލޮއިޓޭޝަން އާ ދެކޮޅަށް ހިންގުނު ބޮޑު ބައިނަލްއަގްވާމީ ގާނޫނު ތަންފީޒުކުރުމުގެ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުން ބައިވެރިވެއްޖެއެވެ.

މި އޮޕަރޭޝަނަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ މިނިސްޓްރީ އޮފް އިންޓީރިއަރގެ އިސްނެގުމުގެ ދަށުން 2025 ވަނަ އަހަރުގެ ޖުލައި 10 އިން އޯގަސްޓް 31 އަށް ހިންގުނު 7 ހަފްތާގެ އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ރާއްޖޭގެ އިތުރުން ރަޝިޔާ، ތައިލެންޑް، އިންޑޮނޭޝިއާ، ނޭޕާލް، ޕެރޫ، ބްރެޒިލް އަދި އެހެނިހެން ގައުމުތައް ހިމެނޭ ގޮތަށް 15 ގައުމެއްގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ބައިވެރިވެފައިވެއެވެ.

މި ކާމިޔާބު އޮޕަރޭޝަނުގައި ޖުމްލަ 188 މީހަކު ހައްޔަރުކުރެވި، މުޅި ދުނިޔޭގައި ޝިކާރައަކަށްވެފައިވާ 165 ފަރާތް ސަލާމަތްކުރެވި، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މެޓީރިއަލް ބެހުމަށް ހިންގަމުންދިޔަ 28 ނެޓްވޯކް ހުއްޓުވާފައިވެއެވެ.  މީގެ އިތުރުން، މުއައްސަސާތަކުން ވަނީ 113 ޔޫސަރ އެކައުންޓް ބަންދުކޮށް، 153 އިލެކްޓްރޯނިކް ވަސީލަތް އަތުލައި، އަދި އޮންލައިން ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން 76 ކެމްޕެއިން ހިންގާފައެވެ.

15 ގައުމެއްގެ ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ރާއްޖެއިން ބައިވެރިވުން ދައްކުވައިދެނީ ބައިނަލްއަގުވާމީ އެއްބާރުލުމުގެ ތެރެއިން އޮންލައިން މެދުވެރިކޮށް ކުޑަކުދިން އެކްސްޕްލޮއިޓޭޝަންއާ ދެކޮޅަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރުވެ، ދުނިޔޭގެ ފެންވަރުގައި ގާނޫނު ތަންފީޒުކުރުމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ތެރެއިން، ކުޑަކުދިން ރައްކާތެރިކުރުމާއި ސައިބަރ ސަލާމަތްތެރިކަން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަ ވެގެންދާކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: