ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ ސަރުކާރުންވީ ހިޔާނާތުގެ ސަބަބުން ހުއްޓިފައި ހުރި މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންދާނެ: ރިޔާޒް

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ސަރުކާރުންވީ ހިޔާނާތުގެ ސަބަބުން ހުއްޓިފައި ހުރި މަޝްރޫއުތައް މި ސަރުކާރުން ކުރިއަށް ގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ވިދާޅުވެއްޖެއެވެ.

ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރިޔާޒް ވިދާޅުވީ، މެންބަރުމާއި ހަވާލުވެ އެހުރީ ރައްޔިތުންނަށްޓަކައިކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ކުރެވުނު އެންމެ ބޮޑަކަށް މަސައްކަތްކޮށްދޭނެކަމަށް ފާހަގަކޮށް ރިޔާޒް ވިދާޅުވީ ރަށަށް ބޭނުންވާ ތަރައްގީވެސް ގެނސްދެއްވާނެކަމަށެވެ.

ތިމަރަފުށީގައި 3،000 އެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭއިރު، ރަށުގެ ބޮޑު ބައެއް ހިންގާފައި އޮތް ނަމަވެސް، އެތަނުން ރައްޔިތުންނަށްވާ ޖެހޭ ނަފާ ނުވާކަމަށް ރިޔާޒް ވިދާޅުވިއެވެ. މިއީ ވަރަށް ބޭނުންތެރި ގޮތެއްގައި ބޭނުންކުރެވޭނެ ބިމެއްކަމަށް ފާހަގަކޮށް ރިޔާޒް ވިދާޅުވީ، މި ބިމަށް އެހެން ރަށަކުން ބަޔަކު ގެނައިސް އާބާދުވެސް ކުރެވިދާނެކަމަށެވެ. ރަށުގެ ރައްޔިތުންގެ ފަރާތުން މިކަމަށް ޝައުގުވެރިކަން އެބައޮތްކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.

ރިޔާޒް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ މިކަންކަން ހާސިލްކޮށްދެވޭނެ ވަރުގެ ގާބިލް ވެރިއެއްކަމަށެވެ.

އަޅުގަނޑު ޝައްކެއް ނުކުރަން، އަޅުގަނޑުމެންގެ ރައީސް މިފަދަ ކަމަކަށް ފަސްޖެހިވަޑައިގެންފާނެކަމަކަށް. ލޮބުވެތި ރައްޔިތުން، މިއަދު އަޅުގަނޑުމެންނަށް ސޮއިކުރެވިގެން މިދިޔައީ ތިމަރަފުށީ ބަނދަރު ބޮޑުކުރުން. މިހާރު އޮތް ބަދަރަކީ މީގެ އެތައް ޒަމާނެއް ކުރިން އަޅުގަނޑުމެންނާއި ހަމައަށް އައިސްފަ އޮތް ބަނދަރެއް.

ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވަނީ މީގެ ކުރީގައި ބަނދަރުގެ ދަތިކަން އޮތް މިންވަރުވެސް ފާހަގަކުރައްވާފައެވެ. އެގޮތުން އެކަށީގެންވާ ޖާގަ ނެތްކަމާއި، ބަނދަރުގެ ބޭނުންކުރާ ފަރާތްތަކުން މަޑުކޮށްލެވޭނެ ޖާގަވެސް ނެތްކަމަށް ރިޔާޒް ވިދާޅުވިއެވެ. ރައީސްގެ މި ދަތުރުގެ ތެރެއިން ބަނދަރު ތަރައްގީ ކުރުމުގެ އެއްބަސްވުން އެކުލަވާލާފައިވާކަން ފާހަގަކޮށް ރިޔާޒް ވިދާޅުވީ މިއީ ރަށަށް ލިބޭ ވަރަށް ބޮޑު ތަރައްގީއެއްކަމަށެވެ. ރައީސް މި ނިންމެވުން ނިންމީ، ރަށުގެ ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތައް ފެނުމުންކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން 7 އަހަރު ކުރިން ތަރައްގީކުރަން ފެށި މަގުތަކުގެ މަޝްރޫއު ނިންމާދެއްވުމަށްވެސް މި ސަރުކާރުން ނިންމާފައިކަމަށް ފާހަގަކުރެއްވިއެވެ. ތިމަރަފުށީގެ މަގު ހެދުމަށް ހުރި ހުރިހާ ފައިސާއެއް، ނަންގަވާފައިވީ ނަމަވެސް މަޝްރޫއު ނުނިމި އޮތީތީ ރިޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މި ފައިސާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ބަޖެޓުން ނަންގަވާފައިވީ ނަމަވެސް މަޝްރޫއު ހިންގާ ކުންފުންޏަށް ދީފައިވަނީ އެންމެ 25 އިންސައްތަކަމަށް ރިޔާޒް ވިދާޅުވިއެވެ. 84 މިލިއަން ރުފިޔާ އެކީ ބަޖެޓުން ނަގާފައިވާކަމަށް ރިޔާޒް ފާޙަގަކުރެއްވިއެވެ. އެހެން ނަމަވެސް މި މަޝްރޫއު މި ސަރުކާރުން ކުރިއަށް ގެންދާނެކަމަށް ރިޔާޒް ވިދާޅުވިއެވެ.

ސިއްހީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތްވެސް މި ސަރުކާރުން ކުރިއަށް ގެންދާނެކަމަށާއި، އެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށް ރިޔާޒް ވިދާޅުވިއެވެ. އެގޮތުން މި ދައުރުގެ ތެރޭގައި އެއާ އެންބިއުލާންސްގެ ހިދުމަތް ފެށޭތޯ މި ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ވަރުގަދަކުރާނެކަމަށްވެސް ވިދާޅުވިއެވެ. ވޭތުވެދިޔަ އެތައް އަހަރު ނުކުރެވި ހުރި އެތައްކަމެއް މި ސަރުކާރަށް ދެ އަހަރު ވާންވީއިރު ކޮށްދެއްވުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ފަށާފައިވާކަމަށް ރިޔާޒް ވިދާޅުވިއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: