ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލެޓު ލިސްޓުން އުނިވާނީ ޝަރުތު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި: މިނިސްޓަރ

މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ އަބްދުﷲ މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމު ގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓްގެ ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނިކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އެހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމު ގެ ދަށުން ދޫކޮށްފައިވާ 4000 ފުލެޓްގެ ތެރެއިން 350 ފުލެޓް ވިއްކަން އުޅޭ މައްސަލަ ބޮޑުވެފައިވާކަމަށް ފަހި ޔޫނިއަން އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވާ ދަނޑިވަޅެއްގައެވެ.

އެކަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ ވިދާޅުވީ، 15 ނޮވެންބަރު 2023 ގައި އިޢުލާން ކުރެވުނު ލިސްޓަކީ ފައިނަލް ލިސްޓު ކަމަށެވެ. އަދި ފްލެޓުތަކާ ގުޅޭ ކަންކަމުގައި ޢަމަލުކުރެވޭނީ އެ ލިސްޓާ އެކު ކުރެވުނު އިޢުލާނުގައި ވާ ގޮތަށްކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ލިސްޓުން އުނިވާނީ ޝަރުޠު ހަމަނުވާކަން ޔަޤީން ކުރެވޭ ފަރާތްތައް އެކަނި ކަމަށެވެ.

މީގެ އިތުރުން، ގެޒެޓުގައިވާ ލިސްޓާއި އިޢުލާނާ ޚިލާފަށް ފަހުން ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރެވިފައި ނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ވިދާޅުވީ، ލިސްޓަށް އާ ބަޔަކު އިތުރު ކުރުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނޯންނާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން އަޅަމުންދާ ފްލެޓުތަކުގެ ތެރޭގައި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނެއެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 7،000 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15،000 ރުފިޔާ ދައްކަން ޖެހެއެވެ.

ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގެ ކުލީގެ ގޮތުގައި މަހަކު 9،500 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، މެއިންޓެނަންސް ފީގެ ގޮތުގައި 1،500 ރުފިޔާ އަދި ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.

އެފްޑީސީން ބުނާ ގޮތުގައި، މި ފްލެޓުތައް ރައްޔިތުންނާ ހަވާލުކުރެވޭނީ ފިނިޝިންގ މަސައްކަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. ފްލެޓުތައް ހަވާލުކުރެވޭއިރު ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް، ކުލަ އަދި ފާޚާނާގެ ތަކެތި ހަރުކޮށްފައި ހުންނާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: