ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗުއްޓީއަށް ފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ!

މަޖިލީސް ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދެވަނަ ދައުރުގެ ޗުއްޓީ ނިންމައި މި އަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ރައްޔިތުންގެ މަޖިލީހުން ތާވަލުކޮށްފި އެވެ.

ބުރާފަތި ދުވަހު ޖަލްސާ ބާއްވާނެކަން ”ސަންގު“ އަށް މަޖިލީހުގެ އިދާރާގެ މީޑިއާ އޮފިޝަލް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެހެން ނަމަވެސް ޖަލްސާގެ އެޖެންޑާ އަދި ނުލިބޭކަމަށް އޮފިޝަލް ވިދާޅުވ އެވެ.

އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އެއް ދުވަސް ކުރިން ވެބްސައިޓުގައި ޝާއިއު ކުރާނެ އެވެ.

މަޖިލީހުގެ މެމްބަރުން ޗުއްޓީގައި ތިއްބެވި ނަމަވެސް ދައުރުން ބޭރުން ބައެއް ޖަލްސާތައް ބާއްވާފައިވެއެވެ. އޭގެތެރެއިން ދެ ޖަލްސާއެއް ކުރިޔަށް ގެންދިޔައީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ގާނޫނުގެ މަސައްކަތް ނިންމުމަށެވެ.

މަޖިލީހުގެ އަންނަ ދައުރުގައި މެމްބަރުން ކުރިޔަށް ގެންދަން ޖެހޭ އެންމެ މުހިންމު މަސައްކަތަކީ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުން ހުށަހެޅުމަށް ގަސްދު ކުރާ ބައެއް ބިލުތައް ހާމަކުރައްވާފަ އެވެ. އޭގެ ތެރޭގައި ދައުރުން ބޭރުން ބޭއްވި ޖަލްސާއެއްގައި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލު ފާސްކޮށްފައި ވާތީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާއި ބެހޭ ބިލު ހިމެނެ އެވެ.

އިތުރު އެހެން ބިލުތަކުގެ ތެރޭގައި މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: