ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

74 އިންސައްތަ ފަތުރުވެރިން ދިޔައީ ރިސޯޓުތަކަށް: ޓުއަރިޒަމް މިނިސްޓްރީ

ރާއްޖެއަަށް ޒިޔާރަތް ކުރި ފަތުރުވެރިންތަކެއް/ ފޮޓޯ: ދަ އެރައިވަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއަށް އައި ފަތުރުވެރިންގެ 74 އިންސައްތަ ޒިޔާރަތްކުރީ ރިސޯޓުތަކަށްކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު 1.63 މިލިއަނަށްވުރެ އިތުރު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރިކަމަށް ދައްކައެވެ. އަދި މީގެ ތެރެއިން 1.2 މިލިއަނަށް ވުރެ އިތުރު އަދަދެއް ނުވަތަ 73.5 އިންސައްތަ ޒިޔާރަތްކުރީ ރިސޯޓުތަކަށްކަމަށް ވެއެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ޗައިނާއިންނެވެ. އެއީ ޖުމުލަ އަދަދުގެ 16 އިންސައްތައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރަޝިއާއިންނެވެ. އެއީ 12.1 އިންސައްތަ ފަތުރުވެރިންނެވެ.

2024 އާއި އަޅާބަލާއިރު ރާއްޖެއަށް ފަތުރުވެރިން އައި މިންވަރު 9.7 އިންސައްތަ އިތުރުކަން ވެސް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި މި މަހުގެ ތެރޭގައި އައި މިންވަރުވެސް 13 އިންސައްތަ އިތުރުކަމަށާއި ދުވާލެއްގެ މައްޗަށް 4،962 ފަތުރުވެރިން އައިސްފައިވާކަން ވަނީ ހާމަކޮށްފަ އެވެ.

މީގެއިތުރުން ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ގެސްޓްހައުސްތަކަށެވެ. ސަފާރީތަކަށާއި ހޮޓެލްތަކަށް ޒިޔާރަތްކުރަނީ ދާދި އެއް މިންވަރަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: